ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ2
ދުވަހުގެ ދުއާ:
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ (ސޫރަތުލް ޙަޝްރުގެ 10 ވަނަ އާޔަތުގައިވާ ދުއާ)
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ."
މިއީ އަޅުގަނޑުމެންގެ ހިތްތައް ސާފުކޮށް ބެހެއްޓުމަށް އެންމެ މުހިންމު ދުއާތަކުގެ ތެރެއިން ދުއާއެކެވެ. ހިތުގައި ރުޅިވެރިކަމާއި ފިތުނަވެރިކަން ބޮޑުވާނަމަ، އެއީ އަޅުގަނޑުމެންގެ ރޫޙާނީ ދިރިއުޅުމަށް ލިބޭ ބޮޑު ގެއްލުމެކެވެ.
ދުވަހުގެ ނަސޭހަތް:
ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް ސުވަރުގެ ދެއްވަވާނެތެވެ. ކޮންމެ މީހަކީ އެންމެ ގިނައިން އަޅުކަންކުރެވޭ މީހަކަށް ނުވެދާނެއެވެ. ނަމާދުގައި އެންމެ ފުރިހަމައަށް އަދާ ނުވެވިވެސްދާނެއެވެ. މާޔޫސް ނުވާށެވެ. ފުރިހަމަނުވާބައި ފުރިހަމަކުރަން މަސައްކަތްކުރާށެވެ. ކުރާއަޅުކަން ގިނަކުރަން މަސައްކަތްކުރާށެވެ. ނަމާދުގައި ހުޝޫއަތްތެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ.
ފާފަކުރުމާއި ދުރުހެލިވާން މަސައްކަތްކުރާށެވެ. ތިމާއަށް ހައްގު އެއްޗެއް ނޫނީ ލިބި ނުގަންނަން މަސައްކަތްކުރާށެވެ. ހަލާލް އެއްޗެއް ނޫނީ ކައިބޮއިނުހަދާށެވެ. ހުއްދަ ކުރެއްވެވި ކަމެއް ނޫނީ ނުކުރާށެވެ. ސުވަރުގެ ވައްދަވާނެތެވެ.
ދުވަހުގެ ހިކުމަތުގެ ބަސް:
ހަޔާތުގެ ދަށަވަތަށް ވެސް ކެތްތެރިވެ ރަހުމަތުން އުންމީދު ނުކަނޑާށެވެ.
ދުވަހުގެ ނަމާދު ވަގުތު: މާލެ ސިޓީ
* އިރުއެރީ: 06:18
ފަތިސް: 05:06
މެންދުރު: 12:24
އަސުރު: 15:40
މަގުރިބު: 18:22
އިޝާ: 19:34




