ހައްގުނޫން މަންފާ ހޯދާދިނުމާއި ހިޔާނާތުގެ ކުށުގައި މުއިއްޒު ހައްޔަރު ކުރަންޖެހޭ

ހައްގުނޫން މަންފާ ހޯދާދިނުމާއި ހިޔާނާތުގެ ކުށުގައި މުއިއްޒު ހައްޔަރު ކުރަންޖެހޭ

ކެމްޕޭނުތަކުގައި ސަރުކާރަށް ތާއީދުކޮށް ވޯޓު ހޯދުމަށް ސިޔާސީ މަގާމުތަކާއި އެސްއޯއީތަކުން އެކިވަރުގެ ވަޒިފާ ދޭކަމީ ދޮގު ނުކުރެވޭނެ ހަގީގަތެކެވެ. ބޮޑެތި އާއިލާތަކާއި ވަކިވަކި ގްރޫޕްތަކާއި ގޭންގްތަކާއި ޖަމާއަތްތަކުގެ ވޯޓު ކޮންޓްރޯލް ކުރުމަށްޓަކައި ވަޒީފާ ބެހުމުގެ ސަގާފަތެއް ޕާޓީ ނިޒާމާއެކު ރާއްޖޭގައި ވަނީ އަށަގެންފައެވެ. 

ރައީސް މުއިއްޒަކީ އެކަމަށް އަރާހުރި މީހެކެވެ. މުއައްޒަފުން ނަގަނީ ކެމްޕޭނަކާ ގުޅުވައިގެން ނޫން ކަމަށް ތަކުރާރުކޮށް މުއިއްޒު ވެސް ބުނެއެވެ. މި އަހަރުގެ މާރިޗު މަހުގެ 30 ގައި ވެސް މުއިއްޒު އެހެން ބުނެފައިވެއެވެ. އެހެނެއްކަމަކު ކަން ހިންގަނީ ދިމާ އިދިކޮޅަށެވެ. 

ކެންޕޭނު ޓީމުތަކާއި އެމްޕީންނާއި ރަށްރަށުގައި އޮންނަ ސްޓިއަރިންގ ކޮމެޓީތަކުން ބުނާހާ މީހަކަށް ސަރުކާރުގެ ކުންފުންނިތަކުން ވަޒީފާ ދިނުމުގައި ރައީސް މުއިއްޒުގެ ލަދެއް ހަޔާތެއް ނެތެވެ. ބަޔަކު ކިޔާފާނެ އެއްޗަކަށް ފަހުން ވެދާނެ ގޮތަކަށް ބެލުމެއްނެތި ހިފެހެއްޓުމެއް ނެތި ވަޒީފާތައް އޮއްސާލިއެވެ. ވަޒީފާއަށް އިއުލާނު ކުރުމެއް ފެންވަރެއް މެރިޓެއް ބެލުމެއް ނެތެވެ. 

އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާ ގުޅިގެންވެސް އެތައް ބަޔަކަށް އަތްގުޅިނުކާވަރުގެ މުސާރައިގައި ވަޒީފާތައް ދީފައިވެއެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކުރުމަށްޓަކައި ސިޔާސީ މަގާމުތަކާއި އެސްއޯއީތަކުން ވަޒީފާ ދިނުމުގައި ތަނެއް ދޮރެއް ނުބަލައެވެ. 

ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް މާތް ކަލާނގެ ގަންދީ ކޮށްގެން ހުރި ހުވާގެ މަތީންވެސް ހަދާނެއް ނެތެވެ. ވެރިކަމުގެ އާރާބާރު ގަދަކުރުމަށްޓަކާ ބުނިހާ މީހަކަށް ވަޒީފާދީގެން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވީ ތިޔަހެންނަކުން ނޫނެވެ. މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ބަޔަކަށް ހައްގުނޫން ފައިދާތަކެއް މުއިއްޒު ވަނީ ހޯދާދީފައެވެ. 

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ފޭލިވުމުން މީހުންގެ ކުރި މައްޗަށް ނިކުމެ ހަމައެއް ލަމައެއްނެތި ވަޒީފާ ބަހަން ރައްޔިތުން ގަބޫލެއް ނޫނޭ ބުނަން ލަދުނުގަތްކަމެވެ. ދެން އެހެން އެކަމެއް ނުކުރާނަމޭ ބުނިއިރު، ކުރީން ކުރި ކަންތައް ހަލާލުވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. މާގާމުގެ ބޭނުންކޮށްގެން ބަޔަކަށް ހައްގުނޫން ފައިދާތަކެއް ހޯދާދިންކަމާއި ދައުލަތުގެ މުދަލާ ފައިސާއަށް ހިޔާނާތްތެރި ވީކަމަށް މުއިއްޒަށް އެ ވަނީ އިއުތިރާފުވެވިފައެވެ. އާއްމު ރައްޔިތުންގެ ކުރިމަތީގައި ކުށަށް އިއުތިރާފް ވުމުން ތަހުގީގުކޮށް ޝަރީއަތް ހިންގުންނޫން ކަމެއް ކުރާކަށްނެތެވެ.