ވެރިކަމާހެދި ޔަހޫދީން އެކުވެރި ސައުދާގަރެއްގެ ޖުއްބާތެރެއަށް
ރާއްޖެ ސެކިއުލަރ ކުރުމުގެ ހަގީގީ ފެށުމަކަށް ރަސްމާލެ
ނަމުން އިސްލާމް ދައުލަތެކެއްގެ ގޮތުގައި ޔޫއޭއީ އޮތަސް ، ކަމުން ޔޫއޭއީ އަކީ ސެކިއުލަރ ދައުލަތެކޭ ބުނުމަކުން ގޯހެއް ނުވާނެއެވެ. މިހެން ބުނާ ސަބަބަކީ ސެކިއުލަރިޒަމް ނޫނީ (ޢަލްމާނީ) ފިކުރުގެ އަސާސީ މަބާދިއުތަކަކީ ، ފައްޅިޔާއި، ދައުލަތާއި ވަކިކޮށްލުމާއި , ދީނީ މިނިވަންކަން އެދައުލަތެއްގެ ތެރޭގައި ދެވިފައިވުމެވެ. އެގޮތުން ދުބާއީގެ ރަސްމީ ދީނެއްގެ ގޮތުގައި އިސްލާމް ދީންކަމުގައި ކަނޑައަޅާފައި އޮތަސް ، ޢަލްމާނީ ފިކުރުގެ އަސާސްތަކަށް ޖާގަލިބޭގޮތަށް އެދައުލަތުގެ ގާނޫނީ އުސޫލުތަކުން މިވަނީ ތަންމިނަށް ހުޅުވާލާފައެވެ.
އެއިގެ ފެކްޓަކީ ގައިރު މުސްލިމުންނަށް އެ ގައުމުގެ ރައްޔިތުންނަށް ވުމުގެ ފަސޭހަ ފުރުސަތު އޮތުމާއި، ދީނީ މިނިވަންކަން ދިނުމުގައި ، ހިންދޫ ދީނުގެ ސިކް ގުރުދުވާރާއި ފައްޅި ހުރުމާއި ، އެ ފައްޅި ކައިރިން އަޅުކަމީ ބުދު ފިހާރަތަކުން ވިއްކުމާއި ، ބުޑިސްޓު ޓެމްޕަލްތަކާއި، އޮތޮޑޮކްސް ރަޝިޔާ ކްރިސްޓިއަން ޗާރޗް ގާއިމުވެފައި ހުރުމާއި، މިފަދަ ދީނީ މިނިވަންކަން އެ ގައުމުގައި ދެވިފައި އޮތުމެވެ. އެކި ދީންތަކުގެ ސަގާފީ ޢީދުތައް، ކްރިސްމަސް، ދިވާލޭ، މިފަދަ ދުވަސްތައް ފާހަނގަ ކުރުމަށް އެ ގައުމު ހުޅުވިފައި އޮތުމެވެ.
ނިކަން ބަލަމާ ހިނގާށެވެ. ޔޫއޭއީ ގައި ޔަހޫދީންގެ 1000 (ހާހާއި) 7000 ( ހަތްހާހާ ) ދެމެދު ގާތްކުރާ ކޮމިއުނިޓީއެއް އޮވެއެވެ. އެ ގައުމުގައި މަސައްކަތް ތެރިންގެ ގޮތުގައްޔާއި ، ރެސިޑެންޓުންގެ ގޮތުގައި އައިސްތިބެގެންނެވެ. މި ޢަދަދު ހަމަކުރަނީ ، ސީޒަނަލް ރެސިޑެންޓުން ، (މޫސިމީ ، ވަގުތީ ) ކޮށް ތިބޭ މީހުނާއި ދާއިމަށް އުޅޭ މީހުނާއި އެކުއެވެ.
މިވަރުގެ ޢަދަދެއް ޔޫއޭއީގައި ދިރިއުޅޭ އިރު އެބައިމީހުންގެ ދީނީ އަޅުކަމީ ތަނެއް ނެތިއެއް ނުދާނެއެވެ. އެގޮތުން އޮތޮޑޮކްސް ޖުޑައިޒަމް ފެތުރުމުގެ ޙަރަކާތުގެ ތެރެއިން ޔަހޫދީންގެ ރައްބީން ބައްދަލުވުންތަށް ބާއްވައި އެބައިމީހުންގެ ދީނީ ކަންކަމަށް ( ހަބާދް އޮފް ދަ ޔުނައިޓެޑް އަރަބް އެމިރޭޓްސް) ވަނީ ގާއިމުކޮށްފައެވެ.
މިވާހަކަ ތަފްސީލުކޮށް ބަޔާންކުރަން މިޖެހުނީ ރާއްޖެ އިސްލާމްވި ދުވަސް ސެޕްޓެމްބަރު 13 ވަނަ ދުވަހު ސަރުކާރުން ކުލަގަދަކޮށް ފާހަނގަ ކުރުމަށް ފަހު ޖެހިގެން އައި ދުވަހު މީޑިޔާއަށް ތިލަކޮށްލީ ދުބާއީގެ އިންވެސްޓަރު އަލް އަލައްބާރާއި އެކު ރަސްމާލޭގެ ސިއްރު އެއްބަސްވުމެއް އެކުލަވާލައި 99 އަހަރަށް އެތަން ދިންވާހަކައެވެ.
އެގޮތުން މިއީ ކާކުތޯ ބަލައި ދިރާސާކުރުމުގައި ، އަލްއަލައްބާރުގެ ޢަމަލުތަކާއި ، އެކިއެކި ފޯރަމުތަކުގައި ދެއްކި ވާހަކަތަކުން މީނާއަކީ ޔަހޫދީންނާއި ގާތް ގުޅުމެއް އޮތް އެބައި މީހުންގެ މީހެއްކަން ދަލާލަތުކުރާ ގިނަ ގަރީނާތަކެއް ވަނީ ސާބިތު ހިފޭވަރަށް ދިވެހީންނަށް ތިލަވެފައެވެ.
އެގޮތުން ތިރީގައިވާ ފޮޓޯއިން ތިޔަ ފެންނަނީ ، ޔޫއޭއީގައި ދިރިއުޅޭ ޔަހޫދީ ރައްބީންނާއި އެކު އަލައްބާރު ބައިވެރިވާ ފޮޓޯއެކެވެ. ވާތް ފަރާތުގައި ހުއްޓާ އެފެންނަނީ ޔޫއޭއީ ގައި ޔަހޫދީން ގާއިމަކޮށްފައިވާ ހަބާދް ސެންޓަރުގެ ޗީފް ރައްބީ (ލެވީޑަޗްމަން) އެވެ.

މިހުރިހާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ބުރަވެވެނީ، މުއިއްޒު ދިވެހީންގެ ބޯހިޔާވަހިކަމަށް ހިއްކި ރަސްމާލޭގެ ތަސައްވުރަކީ ، ރާއްޖެ ސެކިއުލަރ ކުރުމުގެ ހަގީގީ ފެށުމެވެ. އަލައްބާރާއި ދެމެދު ހެދުނު އެއްބަސްވުންތަކާއި އެކު ގާނޫނުތައް ބަދަލުކުރުމަށް މަޖުބޫރުވުމެވެ.
އަލައްބާރަށް ޕްރޮޕަޓީ އޯނަރޝިޕް ލިބުމާއި އެކު ދިވެހިންގެ އިހުތިސާސުން ރަސްމާލެ ކެނޑުމެވެ. މާލެ އަތޮޅުގެ އިހުތިސާސުން ރަސްމާލެ ބޭރުވުމެވެ. އަލައްބާރަށް ރަސްމާލެ ދިނުމަކީ އިންފިނިޓްކޮށް ނިމުމެއްނެތް ދިނުމެކެވެ.
އޭނާ ޕްރޮޕަޓީ ސީޒަނަލްކޮށް އަދި އުމުރަށް އޭނާގެ ކްލަޔަންޓުންނަށް ބައިވެރިންނަށް ވިއްކާކަމަށާއި ، އެހެން ކަމުން ޔޫއޭއީގައި ، ސެކިއުލަރކޮށް އެހެންދީންތަކަށް ފުރުސަތު ހުޅުވާލިއިރު ، މިފަދަ ޔަހޫދީންގެ އެކުވެރި ސައުދާގަރެއްގެ ޖުއްބާތެރެއަށް ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންގެ ރާއްޖޭގެ ޓެގު ނިތްކުރީގައި ހިއްޕައިގެން ، ދީނާ ގައުމޭ ކިޔަ އައި މީހުން ވެއްޓި ، މާދަމާ ޔަހޫދީންގެ
(Jews Habad center of the maldives @ Rasmale)
ފެނުމަކީ ޝައްކެތްނެތް މިންވަރަށް ޔަގީންވާކަމެކެވެ.




