އިބޫ: ދެވަނަ ދައުރެއް ކާމިޔާބު ކުރާނެ ފުރަތަމަ ރައީސް

އިގްތިސާދު ފުޅާވެ ދަރަނި މެނޭޖްކުރެވި އުފާވެރި ޖަޒީރާ ރާއްޖެއެއް ހޯއްދަވައި ދެއްވާނެ!

އިބޫ: ދެވަނަ ދައުރެއް ކާމިޔާބު ކުރާނެ ފުރަތަމަ ރައީސް

ވެރިކަމައިގެން ތަންދޮރު ކުޑަވެގެން އެތައް ބަޔަކު ނުކުރާ ކަމެއްނެތެވެ. ދުރާލާ ރާވައިގެން ވެރިކަމާ ކައިރި ވެވޭނެ ހުރިހާ ގޮތަކަށް މުޅި ހަޔާތް ގުރުބާން ކުރާއިރު ވެސް ގިނައީ ވެރިކަމުގެ ވަސްވެސް ނުފެންނަ މީހުނެވެ. ކުރިން ވެރިކަން ލިބި އޭގެ މަސްތުގައި ޖެހި ހިތްނުކެނޑި ގެއްލުނު ފުރާވަރު ހޯދަން އުޅޭ މީހުންގެ ހާލު ވަކީން ބޮޑެވެ. އެހެންނެއް ކަމަކު ކުރާހާ ތަދުބީރު ތަގުދީރަށް ނުވެދަނީ މަދެއްކޮށް ނޫނެވެ. ބައެއް ޒާތުގެ ކަންކަން ހިނގާ ނިމިދަނީ ބަޔަކު ދުވަހަކު ހިތައް ނަރާ ގޮތް ގޮތަށެވެ.

ރާއްޖޭގެ ރައީސްކަން އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަފާނެ ކަމަކަށް ކުރިޔަކުން މީހަކު ހިތަށް ވެސް ނާރައެވެ. އެކަމަށް އެދިވަޑައިގެން އެއްވެސް ކަމެއް ދުވަހަކު ކުރެއްވި ކަމެއް އެނގިފައެއް ނެތެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރކަށް ހުންނަވައިގެން ވެސް ޔޯލަކޮށްލާފައިވެސް ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެއް ނެތެވެ.

ވެރިކަމައިގެން ލޮލުފިޔަ ނުޖަހާ އުޅުނު އެންމެން އެހެން އުޅެއުޅެ ތިއްބާ ރައީސް ސާލިހުގެ އަތްޕުޅު މައްޗަށް ވެރިކަން ފުރޮޅިގެން ދިޔަގޮތް އިބުރަތަކަށް ފުދެއެވެ. ވެރިކަން ލިބި ވަޑައިގެން ގޮތާއި ވެރިކަން ކުރެއްވުމުގައި ގާއިމު ކުރައްވަމުން ގެންދަވާ ތަފާތު ރެކޯޑް ތަކަކީ ފެންނަ އާދަޔާ ހިލާފު ތަފާތެކެވެ.

ރައީސް ސާލިހު ވެގެން ގޮސްފައި ވަނީ މަލްޓިޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ފައްކާވީ ފަހުން ދެވަނަ ބުރަކަށް ނުގޮސް ރައީސް ކަމަށް ހޮވި ވަޑައިގެން ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ފިކުރު ތަފާތު ސިޔާސީ ޕާޓީ ތަކެއްގެ މައްޗަށް އެކުލެވޭ ކޯލިޝަން ސަރުކާރެއް ރޫޅާ ނުލައްވާ ދެމެހެއްޓެވި ފުރަތަމަ ރައީސަށެވެ. ރައިސުލްޖުމްހޫރިއްޔާގެ ނައިބާ މައްސަލަ ނުޖެހި ނައިބުރައީސްއާއި އެކު އޮންނަން ޖެހޭ ގުޅުމާއި އިތުބާރު ދެމެހެއްޓެވި ފުރަތަމަ ރައީސަށެވެ.

ރައީސް ސާލިހަކީ ވެރިކަން ކުރާ މައިޕާޓީގެ އެތެރޭގެ ކޯޅުންތައް ކިތަންމެ ބޮޑަސް ޕާޓީގެ ރައީސް ދައުލަތް ހިންގުމާއި ޕާޓީގެ ލީޑަރޝިޕުން ބާކީކޮށް ނުލައްވާ އެކަށޭނަ އިހުތިރާމް ދެއްވައިގެން  ޕާޓީގެ މެޖޯރިޓީ ތާއީދު ހޯއްދެވި ލީޑަރެވެ. ޕާލަމެންޓްރީ ގްރޫޕާއި ގައުމީ މަޖިލީހާއި ކޮންގްރަސްގެ ތާއީދު އެންމެ ބޮޑަށް އޮތް އިސްލީޑަރެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް19 ގެ އާލަމީ ވަބާއިން މުޅި ރައްޔަތުން ސަލާމަތްކޮށް ދެއްވި އާދަޔާ ހިލާފު ލީޑަރެވެ. ދަތި އުދަގޫ ހާލަތުގައި ގިނަ ގައުމުތަކާ ހިލާފަށް ކޮވިޑް ވެކްސިން ރައްޔިތުންނަށް ދިނުމުގައި ދުނިޔޭގެ ރެކޯޑް ގާއިމުކުރެއްވިއެވެ. ކޮވިޑް ޖެހިގެން މަރުވި މީހުން އެންމެ މަދު އެއްގައުމަށް ހައްދަވައި ކޮވިޑް މެނޭޖުކުރުމުގައި ދުނިޔެއަށް މިސާލު ދެއްކެވިއެވެ.

މުޅި ދުނިޔޭގެ އިގްތިސާދީ ހަރަކާތްތައް ހުއްޓި ގިނަ ގައުމުތަކުގައި ފަގީރުކަން އާއްމުވެ އެތައް ގައުމެއް ކާބޯ ތަކެއްޗަށް ޖެހި ބަނގުރޫޓު ވެގެން ދިޔައިރު ރާއްޖޭގެ ރައްޔިތުން އެހާލަތަށް ވެއްޓުނަ ނުދެއްވާ ގައުމު ނެހެއްޓެވިއެވެ.

މުޅި ދުނިޔެއިން ފަތުރުވެރި ކަމުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހެޓްޓްރިކް ހެދިއެވެ. ދުނިޔޭގެ ޖަމްއިއްޔާގެ ރިޔާސަތަށް ރާއްޖެ ގެންގޮސް ދެއްވިއެވެ. ބައިނަލް އަގުވަމީ ދުނިޔޭގައި ބަސްވިކޭ ނަންހިގާ ގައުމަކަށް ރާއްޖެ ހެއްދެވިއެވެ.

ވަޒީފާއެއް ކުރާނެ ކަމެއް ނެތިފައި ރަށްރަށުގައި ތިބި އެތައް ހާސް އެތައް ސަތޭކަ ބަޔަކަށް ސަރުކާރާއި ކުންފުނިތަކުން ވަޒިފާ ދެއްވާ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެގޮތް ހައްދަވާ ދެއްވާ ފޯރުންތެރި ކުރުވިއެވެ. މިނިމަމް ވޭޖު ތައާރަފްކޮށް ޓީޗަރުންގެ މުސާރަ އުފުއްލާލަ ދެއްވިއެވެ.

ޒަމާނުއްސުރެ އިހުމާލުކޮށް ބަކީކޮށްފައި އޮތް ރަށް ތަކަށް ތަފާތެއް ނެތި ފެނާ ނަރުދަމާއާއި ބަނދަރު ހޯއްދަވާ ދެއްވިއެވެ.

ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ސްކޫލު މަދަރުސާތަކާއި ޒުވާނުންގެ މަރުކަޒުތަކާ ކުޅޭ ބިންތައް ޒަމާނީ ފެންވަރުގައި ތަރައްގީ ކުރައްވާ ކޮންމެ ރަށަކީ އިންސާނުން ދިިރިއުޅެން ކަމުދާ އަމާން ހިދުމަތްތެރި ވެއްޓަކަށް ބަދަލުކޮށް ލައްވައިފިއެވެ. ވައިގެ މަގުންނާއި ކަނޑުމަގުން މުޅި ރާއްޖެ ގުޅި ލާމެހެމުން އެހުރެގެން ދަނީއެވެ.

ސްލޯވެ ކަންކަން ނުކުރެވޭ ވާހަކަ ދެއްކި ވާދަވެރިން މިއަދު ދައްކަނީ ވަޒީފާ ދޭވާހަކައާއި ހަރަދު ބޮޑު ވާހަކައާއި ދަރަނީގެ ވާހަކައެވެ. އުދަގުލާ ދަރަންޏާއެކު ރައްޔިތުންނަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯއްދަވާ ދެއްވުމުގައި އަވަދިނެތި އެއުޅުއްވަނީ ފިތުނަވެރި ވާހަކަތަކަށް ބީރު ކަންފަތް ދެއްވައިގެނެވެ.

އިގްތިސާދު ފުޅާވެ ދަރަނިތައް މެނޭޖްކުރެވި އުފާވެރި ޖަޒީރާ ރާއްޖެއެއް ހޯއްދަވައި ދެއްވާތަން ފެނި ވެރިކަމަށް ދަހިލަވާ ކޮންމެ މީހަކު ހަސަދަވެރި ވާނެއެވެ. އާހިރުގައި ރައީސް ސާލިހު ފަސޭހަ ކަމާއެކު ދެވަނަ ދައުރެއް ކާމިޔާބު ކުރުމުގެ ރެކޯޑް ފުރަތަމަ ފަހަރަށް ގާއިމު ކުރެއްވުން ނުކުރެއްވުމަށް ވުރެ ގާތެވެ.