ރިޔާސީ ވައުދު: ދެންވެރިކަން ލިބިއްޖެނަމަ ޔާމީނު ހުކުރަށް ގެންދާނަން!

ހިތުގައި ނެތް ދީނީ ލޯބި ދަނގަޑާ ކޮންކްރީޓުން ހަދާ ބޭރު ފުށަށް ދެއްކުން

ރިޔާސީ ވައުދު: ދެންވެރިކަން ލިބިއްޖެނަމަ ޔާމީނު ހުކުރަށް ގެންދާނަން!

ވެރިކަމުން ބޭލި ދައުރުގައި އާރަށާ ލައްވާލާ ބައެއް ހުކުރު ދުވަސް ދުވަހު ވަލަޒިކްރުﷲ އަކްބަރަށް ޔާމީނު އާރަށު މިސްކިތަށް ތިލަވެއެވެ. އެންމެ ފަހު ވަގުތު މިސްކިތަށް ގޮސް ވާތު ކޮނޑަށްދޭ ސަލާމާ އެކު އެންމެ ފުރަތަމަ ފުންމައިގެން މިސްކިތުން ބޭރުވަނީ ޔާމީނެވެ، ފުއްވާފައި ހުރެ ކާން އިނދެގެން ދައްކަނީ އިމާމު މީހާ ދިގު ސޫރަތް ކިޔަވާތީ ޔާމީނަށްވާ އުނދަގުލުގެ ވާހަކައެވެ. އެކަމާ ހުރެ އާރަށު މިސްކިތުގެ މުދިމު ބަދަލު ކުރި އަދަދު ވެސް ނޭނގެއެވެ.

ދީނުން ކަންދައްކަން ވެގެން ލާހެއްދެވިހާ ބޭނުމަކު ބްރިޖް ހުރަސްކުރާ މީހުން ކުރަން ޖެހެނީ މިސްކިތު ގުއްބެއްހެން ހަދާފައި އެހެރަ ބޮޑު މަލާމާތުގެ ދަށުންނެވެ. ބުނާ ކަހަލައެވެ. ކަލޭމެން ކުރާހާ ފާހިޝް ނުބައިކަމެއް ކުރަންވާނީ މިސްކިތު ގުއްބުގެ ނަމޫނާ ހުރަސްކޮށް އޭގެ ދަށުން އައިސް ގޮސް ވެގެންނެވެ. ހިތުގައި ނެތް ދީނީ ލޯބި ދަނގަޑާ ކޮންކްރީޓުން ހަދާ ބޭރު ފުށަށް ދެއްކުމަށް ވުރެ ބޮޑު ފުރައްސާރައެއް އިސްލާމް ދީނަށް ކުރެވިދާނެ ހެއްޔެވެ. 

ސަލްމާން މިސްކިތަށް ސަރުކާރުގެ ވެރިޔަކު ނުގޮސްގެން ކަންބޮޑުވާ ދީނީ ސޭޓުން ސޯޝަލް މީޑިއާގައި އުޅޭތީ ދެކެމެވެ. ތިމާ ހުކުރަށް ދަނީ ބޯގުނަން ހެން ވެސް ހީވެއެވެ. ހުކުރު ހަމަވޭތޯ ގުނަން ދާލައިގައި މަދޮށި ބަހައްޓައިގެން ގުނި ޒަމާން ހިގައްޖެއެވެ.

ސަލްމާން މިސްކިތުގެ ލައިޝަރޓް ޓިނު ދަބަރަށް ނުވަނީސް އެ މިސްކިތުގެ ވާހަކަ ދައްކައިގެން ސިޔާސީ މޮޅު ހޯދަން އުޅޭ ޔާމީން އެ މިސްކިތަށް ނަމާދަށް ނާރާތަނުގައި ހުކުރަކަށް އެރުވިއްޔާ މާތާހިރު ވާނެއެވެ.

އަދި ބުނަން ހެއްޔެވެ. ޔަހުދީ އަދި ނަސޯރާ ދީނުގެ ބާތިލު އަގީދާއެއް ކަމުގައިވާ ތިނެސްކަން ލޯ ސަލްމާނު މިސްކިތުގެ ފުރާޅުގެ ތެރެއިން ބަޔަކު ދައްކައެވެ. މި ބުނަނީ އެއް ޑޮލަރުގައި ކުރަހާފައި ހުންނަ އަހުރާމުން ރަމްޒުކުރާ ތިނެސްކަން ލޮލުގެ ވާހަކައެވެ.

އެއީ އެގޮތަށް ފަރުމާކޮށްގެ އެހެން ބަޔަކު ކުރިކަމެއް ނަމަ އެ މިސްކިތުން ދައްޖާލުގެ ލޯ ފާޅުވާތީ މިސްކިތް ތަޅާލަން ޕީޕީއެމް އިސްވެ އޮވެ ނިކުތީހެވެ. 

ދެން ވެރިކަން ލިބިއްޖެއްޔާ ކުރާނެ ކަންކަން އެބަ ކިޔައެވެ.

ޖަންގަލީގައި އުޅޭ މިނިކާ މީހުން އަލަށް ފެންނަ އެ ނޫން އިންސާނުން އަތުލައިގަނެގެން އަލިފާން ގަނޑުން ފިހަން ގެންދާ މަންޒަރު ބައިސްކޯފުން ފެނެއެވެ.

ދެން ވެރިކަން ލިބިއްޖެއްޔާ އެގޮތަށް ތަންޑިޔާ ލައިގެން ވިޔަސް ޔާމީނު ހުކުރަށް ގެންދަން އިދިކޮޅުން ވައުދުވިއްޔާ މާރަނގަޅު ވާނެއެވެ.

ތަންޑިޔާ ކޮނޑު އަޅަން ބާރަށު ސުޖާބެއަކީ ރަނގަޅު މަސްގަނޑެކެވެ. ފައިނު މާވަޑި އުމަރު ގޯތި އާދަނާ، ނައިފަރު ޝިޔާމާ އެއީ ޔާމީނު  ހުކުރަށް ގެންދާ ތަންޑިޔަލަށް ހެޔޮވަރު ކޮނޑުތަކެވެ. ނަމަނަމަ މުންދާއި ހިސްޓޯ ގާތް ނުކުރައްޗެވެ. އޭރުން ލުޔެއް ނުލިބޭ ތަނުގައި އެދެމީހުން ތިބޭނީ ތަންޑިޔަލުގައި އެލިގެންނެވެ. ހުކުރަށް ގެންދަން ފެންވަރުވަން އެންމެ ރަނގަޅުވަނީ ފިނިފެން މަލެއް ފަދަ ތުރާކުނު ސައީދެވެ.