ރައީސް ޞާލިޙު ކާމިޔާބު ކުރައްވާނީ އެއްބުރުން: ޝާހިދު

ޞާލިހު ދެވަނަ ދައުރަކަށް ހޮވުމަށް ރައްޔިތުން މިހާރު ތިބީ ކަމަރުބަނދެގެން

ރައީސް ޞާލިޙު ކާމިޔާބު ކުރައްވާނީ އެއްބުރުން: ޝާހިދު

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އޮނަރަބަލް އަބްދުއްލާ ޝާހިދު ތިލަދުންމަތީ ދެކުނު ބުރިއަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވައިފިއެވެ. ތިލަދުންމަތީ ދެކުނުބުރީގެ 13 ރަށަކަށް ކުރެއްވި ދަތުރު ނިންމާލައްވަނީ ހިތްޕުޅު ހަމަޖެހި ވަޑައިގެން ހުންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

ތިލަދުން މައްޗަށް ކުރެއްވި ދަތުރާ ގުޅެގޮތުން ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވާ ގޮތުގައި ތިލަދުން މަތީ ދެކުނުބުރީގެ 13 ރަށްރަށުން ޝާހިދު ދެކި ވަޑައިގަތީ އަދި އިހްސާސް ކުރެއްވުނީ އާދަޔާ ޚިލާފު ވަރުގަދަ ރޫހެއް ކަމަށާއި އާދަޔާ ޚިލާފު ވަރުގަދަ ޖޯޝެއް ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެވަނަ ދައުރަކަށް ހޮވުމަށް ރައްޔިތުން މިހާރު ތިބީ ކަމަރުބަނދެގެންނެވެ. އެމަނިކުފާނު ވިދާޅުވީ " އިރާދަކުރެއްވިއްޔާ މި އިންތިޚާބު ރައީސް ޞާލިޙު ކާމިޔާބު ކުރައްވާނީ އެއްބުރުން" އެވެ.