ރައީސް އާއި އެމްޑިޕީ ދެވަނަ ދައުރަށް ތައްޔާރު
ސާވޭތަކުން ދައްކަނީ ރައީސް ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށް
ލާމަރުކަޒީ ނިޒާމުން ކައުންސިލްތައް ހިންގަން އެންމެ ބޮޑު ބާރެއް ދިނީ މިހާރުގެ މަޖިލީހުން މިހާރުގެ ސަރުކާރުންނެވެ. ޖުޑިޝަރީ އިސްލާހު ކުރުމަކީވެސް އެމްޑީޕީގެ ފަތްފުށްތަކުގައި އޮތް ސޮފުހާއެކެވެ. މި ވެރިކަމުގައި އެކަން ކުރެވެމުން ދާކަންވެސް ފާހަގަ ކުރެވެއެވެ. މިފަދަ އެތަކެއް އުއްމީދުތަކެއް ހާސިލްކުރުމަށް އެމްޑީޕީ އޮތީ ސަފުތައް ރުކުރުވާލާ ބަދަހިކަމާއިއެކު ރައީސް ސޯލިހުގެ ފަހަތްޕުޅުގައެވެ. ކުރިއައް އޮތް ތަނުގައި އެކަން ފެނިގެން ދާތަން ބަލަން ތިބޭށެވެ.
ރައީސް ސޯލިހް ބޭނުންފުޅުވެ ވަޑައިގަންނަވަނީ އިދިކޮޅު ކެންޑިޑޭޓުންނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިގެން ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމެވެ. އެ އަމާޒަށް ވާސިލުވެ ވަޑައިގަތުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވަމުން ކާމިޔާބަކަށްފަހު ކާމިޔާބެއް އެވަޑައިގަންނަވަނީ ހާސިލު ކުރައް ވަމުންނެވެ.
ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އައިފަހުން މި ހޭދަވި 14 ވަރަކަށް އަހަރުގެ ތެރޭގައި ބައެއް ދާއިރާ ތަކަކީ އިންތިހާބު ބޭއްވުމުގެ ކުރިން އެ އިންތިހާބެއް ގެންދާނީ އެމްޑީޕީ ނުވަތަ ޕީޕީއެމްކަން ގާތްގަނޑަކަށް އެނގޭ ދާއިރާ ތަކެކެވެ. އެ ގޮތުން މިވޭތުވެ ދިޔަ 14 އަހަރުގެ ތެރޭގައި ބޭއްވި ގުރައިދޫ ދާއިރާގެ އިންތިހާބުތައް އެއީ ޕީޕީއެމް އިން ކަށަވަރު ކަމާއެކު އަބަދުވެސް ގެންދާނެ ކަމަށް ބެލެވޭ ދާއިރާ އެކެވެ. ނަމަވެސް އެކަމަށް ނިމުން ގެނެސް ތާރީހު ބަދަލުކޮށް އެމްޑީޕީން މިވަނީ ކ. ގުރައިދޫ ދާއިރާ ރީދޫ ކުލައަށް ބަދަލުކޮށްލާފައެވެ.
ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުން ދައްކައި ދިނީ ރިޔާސީ އިންތިހާބު އައިސް ބޯމަތިވެފައި އޮއްވާ އެ ދާއިރާގެ ރައްޔިތުންގެ ތާއީދު މިސަރުކާރަށް އޮތް މިންވަރެވެ. މީގެ ހަތަރު މަހެއްހާ ދުވަހަށް ފަހު ބާއްވާ ރިޔާސީ އިންތިހާބުގެ ބޮޑު މަންޒަރު މި އިންތިހާބުން މިއޮތީ ކޮންމެ ވެސް މިންވަރަކަށް ކުރަހައި ދީފަ އެވެ. އެކަން ޔަގީނުން ވެސް ގުރައިދޫ ދާއިރާގެ ރައްޔިތުންގެ އަޣުލަބިއްޔަތުން އެއޮތީ ދައްކައިދީފައެވެ.
ރާއްޖޭގެ ގިނަ ރަށްތައް މިބީދައިން ތަސްވީރު ކުރަހައިދެމުން ދާއިރު، ރަޢީސް ސޯލިހުއަށް މީ އިތުބަރު ބޮޑު އިންތިހާބެކެވެ. އަދި ކާމިޔާބަށް ވާސިލްވުމަށް ފަސޭހަ ވެގެންދާނެ އިންތިހާބެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ރާއްޖޭގެ ތިންކް ޓޭންކެއް ކަމަށްވާ ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީން ކުރިއަށް ގެންދިޔަ ސާވޭ އަކުންވެސް ވަނީ ދައްކާފައެވެ. މިސާވޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެކި އުމުރުފުރާގެ 384 މީހަކާ ސުވާލުކޮށްފައިއެވެ. ސާވޭގެ ނަތީޖާ ދެއްކި ގޮތުން ސާވޭއަށް މައުލޫމާތު ދިން މީހުންގެ 81 ޕަސަންޓް މީހުން ބުނެފައިވަނީ ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށެވެ. ކަން މިހެން އޮތް އިރު ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ރައީސްއައް އޮތްކަން ހާމަވެގެން ހިނގައްޖެއެވެ. އަދި ރައީސް ސޯލިހު ގެނެސް ދެއްވާ ތަރައްގީއާއި ހަމަހަމަ ސިޔާސަތު ރައްޔިތުންގެ ގިނަ ބަޔަކު ބަލައިގެންފައި ވާކަން ވަރަށް ބޮޑަށް އެނގެއެވެ