ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް!

ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް!

އެމްޑީޕީގެ ސިޔާސަތު ތަކުން ރާއްޖެއަށް ތަޢާރަފްވެ ރައްޔިތުންނަށް ލިބެމުންދާ މަންފާތައް ނުހުއްޓި ކުރިއަށް ދިއުން މުހިންމު ކަމަށްވާތީ ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަތުމުގެ ބޭނުންތެރިކަން ބޮޑުވެ އެ މަނިކުފާނާ އެކު މަޝްވަރާ ކުރުމުގެ އިސްނެގުމެއް އުފަންވެއްޖެ ކަމުގެ މުޢުތަބަރު މައުލޫމާތު ލިބިއްޖެއެވެ. 

ރިޔާސީ ދެވަނަ ދައުރު ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙް ސިޔާސީ މަސައްކަތުން ރިޓަޔަރ ކުރައްވާއިރު ދެން އެމްޑީޕީގެ ކުރިމަގު ބިނާ ކުރުމުގައި ވެސް ރައީސް ނަޝީދުގެ ދައުރު ކޮންމެހެން އޮތުމަށް މިހާރު ދެކެވޭ ވާހަަކަ ތަކުގައި ބާރުއެޅިގެން ދެއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދުގެ ވަކި ނިންމެވުމެއް އަދި ނެތްނަމަވެސް އަނިޔާވެރި ޑިމޮކްރަސީއާ ދުރު ހަރުކަށިކަން އެނބުރި އައުމަށް ރައީސް ނަޝީދު ވެސް ރުހިވަޑައިނުގަންނަވާކަމަށް މަޢުލޫމާތު ލިބެއެވެ. އެހެން ނަމަވެސް މި މައުޟޫގައި ރައީސް ނަޝީދާ ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙާ ދެމެދު އެއްވެސް މަޝްވަރާއެއް ހިނގިކަން އަދި ކަށަވަރެއް ނޫނެވެ. 

ރާއްޖޭގެ ސިޔާސީ ކުރިމަގަށް އަންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅާ މެދު ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙް ދެކެވަޑައިގަންވާ ގޮތް މީގެ ކުރިން ރައީސް ނަޝީދާ ޙިއްޞާ ކުރައްވާފައިވާ ކަމުގެ ކަށަވަރު މަޢުލޫމާތު ލިބެއެވެ.