އިޒްރޭލުން ސޭފް ޒޯން ތަކަށްވެސް ހަމަލާދެނީ!

އިޒްރޭލުން "ސޭފް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ހަމަލާދެނީ

އިޒްރޭލުން ސޭފް ޒޯން ތަކަށްވެސް ހަމަލާދެނީ!

އިޒްރޭލުން "ސޭފް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކަށް  ދިން ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ނުވަ މެންބަރުން ހިމެނޭ ގޮތަށް ފަލަސްތީނުގެ 12 މީހަކު ޝަހީދު ކޮށްލާފައި ވާކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓް ކޮށްފިއެވެ.

ގައްޒާގައި ގެދޮރު ގެއްލިފައިވާ މީހުންގެ ޖުމްލަ އަދަދު 1.9 މިލިއަނަށް އަރާފައިވާ ކަމަށް ލަފާކުރެވޭތީ، ދެކުނުގެ ސިޓީއެއް ކަމަށްވާ ހާން ޔޫނިސްގެ ކައިރީގައިވާ ސަރަހައްދުތަކުން މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިޒްރޭލުގެ އަސްކަރީޔާއިން އަމުރު ކުރުމުން 250،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އދ. އިން ވަނީ ބުނެފައެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ވެސް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހަކު ޝަހީދުވި ފަހުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 6 އަށް ވަނީ އަރައިފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ލާއިންސާނީ ހަނގުރާމައިގައި 37،925 މީހުން ޝަހީދުވެ 87،141 މީހުން ޒަހަމްވެފައިވެއެވެ.