މުސްކުޅި ވެރިންނާއި ޅަ މަންޖެއިން: ގައުމީ ހިދުމަތުގެ އާ ފަލްސަފާ!

މުސްކުޅި ވެރިންނާއި ޅަ މަންޖެއިން: ގައުމީ ހިދުމަތުގެ އާ ފަލްސަފާ!

މިއަދުގެ ދިވެހި ސިޔާސީ އުންމަތުގެ ކަންކަން ހުރި ގޮތަށް ބަލާއިރު، ގައުމީ ތަރައްގީއަށްވުރެ ބޮޑަށް އިސްކަންދެވޭ "ޕްރޮޖެކްޓްތަކެއް" ފެންނަން އެބަހުއްޓެވެ. އެއީ މުސްކުޅިވެ، ހަންޓޯޓޯވެފައިވާ ވެރިން، ޅަ އަންހެން ކުދިންގެ ފަހަތުން ދުވުމުގެ މަޝްރޫއުތަކެވެ. ވެރިމީހާއިން ފެށިގެން ވަޒީރުންނާއި، ކުންފުނިތަކުގެ އެމްޑީންނާއި، ނާއިބުންނަށް ދާންދެން މިވަނީ މި "ޒުވާން" ރޫހުގައި ޖެހިފައެވެ. ވަޒީފާގެ ކުރިއެރުމާއި، ދައުލަތުގެ ފައިސާގެ އިތުރުން، ޗޮކޮލެޓާއި، މެޓައާއި، މާ ދީގެން ގުރޫޕް ހަދާފައި ދެވަނަ އަނބިން ހޯދަން ދުވުމަކީ މިހާރު މި ސަރުކާރުގެ "އާންމު ސިޔާސަތަކަށް" ވެއްޖެ ކަހަލައެވެ.

ކާފަ އުމުރުގެ މި ވެރިން ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވައިގެން މި ކުރައްވާ ކަންކަމާމެދު ހައިރާންވެ، ލަދުން ބޯހަލާކުވާ ދަރަޖައަށް ކަންކަން މިވަނީ ގޮސްފައެވެ. މިއީ ހަގީގަތުގައި ވެސް "ގައުމީ ހިދުމަތުގެ" އާ ފަލްސަފާއެއް ހެއްޔެވެ؟ ނޫނީ މުސްކުޅިވެ ގައިބާރު ދޫވުމުން، ޒުވާން ދުވަސްވަރު ހާސިލުނުކުރެވުނު "ކާމިޔާބީތަކެއް" ހޯދަން އުޅެނީ ހެއްޔެވެ؟ ބޮޑުވަޒީރުންނާއި ވަޒީރުންގެ ފަރާތުން ފެންނަނީ ޒުވާން އިރު ރައްޓެހިވާނެ މީހަކު ނުލިބި، ނުވަތަ އަންހެން ކުދިން ގަޔާވާނެ ސިފައެއް ނެތުމުގެ ސަބަބުން އުފެދިފައިވާ "ކޮމްޕްލެކްސް" އެއް ފިލުވަން އުޅޭ މަންޒަރެވެ. މިއަދު އަތަށް ބާރު ލިބުމުން، ދައުލަތުގެ ހަޒާނާ ބޭނުންކޮށްގެން މި ބޭފުޅުން މި އުޅުއްވަނީ "ޒުވާން" ވާށެވެ.

ސޯޝަލް މީޑިއާއާއި ހަބަރުތަކަށް ބަލާލާއިރު، މުޅިންވެސް އިވެނީ މިފަދަ "ލޯބީގެ" ވާހަކަތަކެވެ. ދާދި ފަހުން 22 އަހަރުގެ އަންހެން ކުއްޖަކު ގައުމުގެ އެންމެ އިސްވެރިޔާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަކީ ކޮންމެ ދިވެއްސަކު ލަދުން އިސްޖަހާލަން ޖެހޭ ފަދަ ވާހަކަތަކެކެވެ. މީގެ އިތުރުން ފިޝަރީޒް މިނިސްޓަރާއި، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވެސް މިވަނީ ދެވަނަ އަނބިން ހޯއްދަވައި، "ޒުވާން" ސަފަށް އަރާވަޑައިގެންފައެވެ. ހޯމް މިނިސްޓަރު އިހުސާނާއި ކުޅިވަރު މިނިސްޓަރުގެ އަޑުތައް ވެސް ކެނޑިގެން ނުދެއެވެ.

އެންމެ ފަހުގެ "ގަދަ" ހަބަރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްލާ ފުވައްމުލަކަށް ކުރެއްވި "ކެމްޕޭން" ދަތުރެވެ. މަހެއްހާ ދުވަހު އެ ރަށުގައި މަޑުކުރައްވައިގެން ކުރެއްވި ކަމަކީ ސިޔާސީ ކެމްޕޭނެއް ނޫންކަން އިންތިހާބުގެ ނަތީޖާއިން ސާފުވެއެވެ. ޕީއެންސީއަށް ދުވަހަކުވެސް ނުވާ ވަރުގެ ބޮޑު ނާކާމިޔާބީއެއް ލިބި، ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުވުމުން އެނގެނީ "އަދުރޭ" އެ ރަށުގައި އުޅުއްވީ މުޅިން އެހެން ކެމްޕޭނެއްގައި ކަމެވެ. ރައްޔިތުންގެ ފައިސާއާއި ވަޒީފާތައް ބަހައިގެން ވެސް ލިބުނީ "ސުމެކެވެ". ސަބަބަކީ ކެމްޕޭނަށް ދިން ފައިސާ، ޅަ އަންހެން ކުއްޖަކާ ކައިވެނިކުރަން ހުސްކޮށްލުމެވެ.

އަބްދުއްރަހީމާ އެކު ކަސްޓަމްސްގައި ކުރިން މަސައްކަތް ކުރި މީހަކު، އަދުރޭގެ މި ކައިވެނީގެ ހަބަރާއެކު ބުންޏެވެ. ފުވައްމުލަކުން އަދުރޭ އެއިން އަންހެން ކުއްޖެއްގެ ނޭފަތުގެ ވަސްކަށިގަނޑު ހުރީ ސަލާމަތުން ބާވައޭ ވެ?! އަޒާރޯގެ މީރުވަސް" އެ މަންޖެ އަށް ހަމަ ކަމުދަނީ ބާވައޭ ހިތަށް އަރާ ކަމަށް ބުންޏެވެ. 

ޖުމްލަގޮތެއްގައި ބުނާނަމަ، މި ސަރުކާރަކީ އަންހެނުންގެ "ކުޅި" އެންމެ ފުޅާދާއިރާއެއްގައި ކުޅެމުންދާ ސަރުކާރެވެ. ވެރިންގެ އަމިއްލަ އެދުމާއި އުފަލަށްޓަކައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެކެވެ. މުސްކުޅިވެ ހަންޓޯޓޯ ވީމާ، ކާފަ ދަރިންގެ އުމުރުގެ ކުދިންނާއެކު މި ޖަހާ ސަކަރާތަކީ ގައުމީ ތަރައްގީއަށް އޮތް ހުރަހެކެވެ. މި ބޭފުޅުންނަށް ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީބާއެވެ؟ ނޫނީ މިއީ ހަމަ "ގައުމީ ހިދުމަތުގެ" އާ ފަލްސަފާ އަކީހެއްޔެވެ؟