ޑރ. ޝަހީމެކޭ އަބޫޖަހުލެކޭ ތަފާތެއްނެތް
ފުރުސަތުލިބި އެއްކަމެއްނުވެ ފޭލިވެފާތިބި ބައެއް
ޑރ. ޝަހީމުގެ ޖާހިލު ކަމުގެ ބޮޑުކަމާއެވެ. ތިމާމެން ނޫނީ ތަންދޮރު ދަންނަ ބަޔަކު ނެތްކަމަށް ދައުވާ ކުރުމަށް ވުރެ ބޮޑު ޖާހިލު ކަމެއް މުޅި އިންސާނިއްޔަތު ނުދެކެއެވެ. ލިބިހުރި އިލްމުގެ މައްޗަށް ބޮޑާވެ ތިމާ ފަދަ އަނެއް އިންސާނާއަކީ އެއްވެސް މީހެއް ނޫންކަމަށް ބުނާ އިލްމުވެރިއަކަށް ވުރެ ޖާހިލު އަނެކަކު ނުވެއެވެ.
ޑރ. ޝަހީމެކޭ ޖާހިލިއްޔަ ޒަމާނުގެ ކިބުރުވެރި ބޮޑާ އަބޫޖަހުލުމެން ފަދަ ޖައްބާރެކޭ ތަފާތެއް ނެތެވެ. ކީރިތި ރަސޫލާ ނަބީކަމައިގެން ވަޑައި ގަތުމުން އަބޫޖަހުލުމެން ރަސޫލާއަށް ނިސްބަތްކުރި ފަދަ ބޮޑާ ކަމުގެ ބަހެއް ޑރ. ޝަހީމް ދިވެހި މުސްލިމު ރައްޔިތުންގެ ބަޔަކަށް ރައްދު ކުރުމަކީ މާފުކުރެވޭނެ ކަމެއް ނޫނެވެ. އަބޫޖަހުލުމެން އެ ދުވަހު ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށްް ނިކަމެތި ކޮށްލުމުގެ ގޮތުން ބަކަރި ހުއިހައްޕާ މީހާގެ ގޮތުގައި ސިފަކުރިއެވެ.
އަބޫޖަހުލުމެން ކަހަލަ ނަސަބުން މޮޅު މާތް މީހުން ތިއްބާ ނަބީކަން ދެއްވަން ބަކަރި ހުއިހައްޕާ ޔަތީމަކު ނޫނީ ނުފެނުނީހޭ ބުނެ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނިކަމެތި ކުރި މުރައްކަބު ޖާހިލު އަރަތްބެކޭ ޑރ. ޝަހީމެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ. ޖާހިލިއްޔަ ޒަމާނުގައި އަރަބިންގެ ތެރޭގައި ބަކަރި ހުއިހައްޕަނީ އެންމެ ދެރަވަރު އެންމެ ނިކަމެތި މީހާކަމަށް ދެކޭ ދުށުން މާތްވެގެންވާ އިސްލަމްދީނާއެކު ވަނީ ބަދަލުވެފައެވެ. ބަކަރި ހުއިހައްޕަވަން ނޫޅުއްވާ އެއްވެސް ނަބީއަކު ނޫޅުއްވާ ކަމަށް ތާރީހު ހެކިދެއެވެ. ނިކަމެތި ކޮށްލުމުގެ ގޮތުން މުސްލިމުންގެ ބަޔަކަށް ބަކަރި ހުއިހައްޕާ މީހުނޭ ބުނެ އިންސާނީ ކަރާމާތް ނަގާލާ އިލްމުވެރިއެއްގެ އިލްމުވެރިކަމެއް ނެތެވެ.
ޑރ. މުއިއްޒާއެކު މާބޮޑެތި އިލްމުވެރިންތަކެއް ތިބެގެން ގައުމު ހިންގާ ވާހަކަ ދައްކާއިރު ތިމާގެ ބޮޑާކަމާ ކިބުރުވެރިކަމާ މަވެތިކަން ނޫން ކަމެއް ޑރ. ޝަހީމުމެންގެ ކިބަޔަކުން ފާޅެއް ނުވެއެވެ. ދިވެހި ރައްޔިތުން ތިބީ ޑރ. ޝަހީމުމެން ކަހަލަ އިންސާނީ ކަރާމާތް ނުދަންނަ ޖާހިލުންނަށް ގައުމު ހިންގަން ހަވާލުކުރާ ގޮތަކަށް ނޫނެވެ. ޑރ. ޝަހީމަށް އަދި ތިޔަ ހުރެވެނީ ޖާހިލިއްޔަ ޒަމާނުގައި އަރަބި ކިބުރުވެރި ގަބީލީ ވިސްނުމުގައެވެ. ބޮޑާކަމާ މަވެތިކަމުގައެވެ.
ބަލަން ހުންނާށެވެ. ތިޔަ ބުނާ އިލްމުވެރިން ބޮޑާކަންމަތީ ގަދަ ބަސް ބުނެ ބުނެ ތިއްބާ މާތް އަމުރާ އިރާދަ ފުޅާއެކު ގައުމު ހިންގުމާ ހަވާލުވާނީ ބަކަރިހުއި ހައްޕާ މީހުންނެވެ. ބޮޑާކަމުގެ އަހުލުވެރިންނަށް ތިމާމެންގެ ސައިޒް ނޭގެނީއެވެ.
ޑރ. ޖަމީލާއި ޑރ. ޝަހީމާއި ޑރ. މުނައްވަރު ކަހަލަ ދެބައިން ބާވެ ރައްޔިތުން ބަލައިނުގެންފައި ތިބި ބަޔަކު ޑރ. މުއިއްޒު ފަހަތަށް އަރާތިބެ މިވަރެއް ނެތޭ ގޮތްވަކަސް ދިވެހި ރައްޔިތުން ތިޔަ ބައިގަނޑަކަށް އިތުބާރެއް ނުކުރެއެވެ. މާބޮޑެތި އިލްމުވެރިންނަށް ހެދިގަނެގެން މަވެތި ވެގެން އުޅުނަސް ތިޔަ ބައިގަނޑަކީ ފުރުސަތުލިބި އެއްކަމެއްނުވެ ފޭލިވެފާތިބި ބައެކެވެ.