ވޯޓުލާ ސަރަހައްދުތައް ނުރައްކަލަށް!!!

ވޯޓުލާ ސަރަހައްދުތައް ނުރައްކަލަށް!!!

ލިސްތްގައި ނަންނެތް މީހަކު ދެމީހަކު ވޯޓުލިއްޔޭ ކިޔައިގެން ޕްރައިމަރީ ގަޑުބަޑު ކުރަން މަސައްކަތް ކުރަމުން އެބަދެއެވެ. އީވާ އަބްދުﷲ އިސްވެ ހުންނަވައިގެން ރުޅިގަދަކުރުވާ ހަމަނުޖެހުން އުފައްދަމުން އެބަދެއެވެ. 

ވޯޓުލާ މަރުކަޒުތައް ގަޑުބަޑުކުރަން މީހުން އެއްކުރުމަށް ރައީސް ނަޝީދުގެ ޓުވިޓަރ އެކައުންޓެއްކަމަށް ބެލެވޭ ހަސަންކުރުސީން ގޮވާލަމުން އެބަދެއެވެ.

ވޯޓުން ބޮޑެތި ވައްކަން ކޮށްގެން އެމްޑީޕީ ބްލެކްމޭލް ކުރައްވައިގެން އުޅުއްވި ރައީސް ނަޝީދާއި އޭނާގެ ބައިވެރިންގެ އަތުން ބާރުތައް ލުހި އެންމެ ފަހުން ޕްރައިމަރީންވެސް ފޭލިވާނެކަން ޔަގީންވުމުން ހަމަ ނުޖެހުން އުފައްދަން ދިމާކޮށްފިއެވެ. 

އެމްޑީޕީގެ ސެކެރެޓްރިއޭޓުން ސަލަމަތީކަންކަން ވަރުގަދަ ނުކޮށް އޮވެއްޖެނަމަ ހީނުކުރާވަރު ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމަށް މިނޫހަށް ކަށަވަރުވެފައި ވެއެވެ.