މުއިއްޒު އަޒުލުކޮށް ރައީސްގެ ނާއިބާ ހަވާލު ކުރޭ: ފައްޔާޒު

ރައީސް މުއިއްޒު ވެރިކަމުން އަޒުލު ކޮށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއާ ވެރިކަން ހަވާލުކުރުމަށް މަޖިލިސް މެންބަރުންނަށް އެމްޑީޕީގެ ޗެއަރޕާސަން، ފައްޔާޒް އިސްމާއިލް ގޮވައިލައްވައިފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރޭގައި ފައްޔާޒް އެހެން ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ޓެރަރިޒަމް ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވައި ހުސެއިން ޕޯސްޓެއް ކުރެއްވީ ވަރަށް ބޮޑު ޕްރެޝަރެއް އޮވެގެން ކަމަށް ވިދާޅުވަމުންނެވެ.
ޓެރެރިޒަމް ހަރަކާތެއްގެ ގޮތުގައި ރައީސް ނައިބު ވިދާޅުވި މުޒާހަރާ ކުރުމަކީ ކުރިން ހުއްދަ ނެނގުމަކާނުލާ ކުރުމަށް ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގެކެވެ.
ރައީސްގެ ނައިބު ހުސެއިންގެ އެއްވެސް ބައިވެރިވުމެއް ނެތް އެ މުޒާހަރާގައި އެތައް ހާސް ރައްޔިތުން ބައިވެރިވެ ސަރުކާރާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހޭކަން ވަނީ ހާމަކޮށްފަ އެވެ. އެ ހެން ނަމަވެސް މުޒާހަރާ މަޖީދީމަގުން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމުން ފުލުހުން ވަނީ ހުރަސް އަޅާފައެވެ.
މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ޝީލްޑުތަކާއެކު ނުކުމެ މުޒާހަރާގެ ބައިވެރިންގެ ގަޔަށް އެތައް ފަހަރެއްގެ މަތިން ޕެޕާ ސްޕްރޭ ޖެހުމުން ވެސް މުޒާހަރާގެ ބައިވެރިން ފަހަތަށް ނުޖެއްސުމުން ބާރުގަދަ ތޫލި އަޑު އިއްވާ ސޮނިކް ވެޕަން ދެ ފަހަރެއްގެ މަތިން ގިނަ އިރުތަކެއް ވަންދެން ބޭނުން ކުރިއެވެ.
ފައްޔާޒު ވިދާޅުވާހެން ރައީސްގެ ނައިބު އެހުންނަވަނީ ވެރިކަމާ ހަވާލުމުގެ ދަނޑިވަޅަކަށް ބަލަބަލަކަމަށް ގަބޫލު ކުރެވެއެވެ.