ދިގުރަށުން މަދިރިމަދުކުރުމުގާ ސްޓެލްކޯ

އިޖްތިމާއީ ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުން އިސްނެގުން ބޮޑު

ދިގުރަށުން މަދިރިމަދުކުރުމުގާ ސްޓެލްކޯ

ރާއްޖެއަކީ ރުއްގަސްގިނަ ވާބޮޑު ރައްތަކެއްގެމައްޗައް އެކުލެވިގެންވާ ގައުމަކައް ވުމުގެސަބަބުން ގިނަ ތަންތަނާއި ތަކެތީގައި ފެން ހަރުލައެވެ. މިގޮތައް ތަންތަނާ ތަކެތީގައި ފެންހަރު ލުމުން މަދިރި އުފެދުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދެއެވެ. މަދިރި އާލާވުމަކީ ސިއްހީ ގޮތުން ބަލާއިރު ވަރަށްވެސް ނުރައްކާތެރި ކަމެކެވެ. ޑެންގޫހުން ފަދަ ވަރަށް ނުރައްކާތެރި އެތައް ބައްޔެއް ފެތުރިގެންދާ ސަބަބަކަށް މަދިރި ގިނަވުން ވެއެވެ. ވީމާ މަދިރި އުފެދި އާލާވުން ކޮންޓްރޯލް ކުރުމައްޓަކައި އެކި ރައްރަށުގައި ގިނަ މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ.

އދ. ދިގުރަށުގައި މަދިރި އުފެދޭ ސަރަހައްދުތަކާއި ތަންތަން ސާފުކުރުމަށް އެރަށުގެ މުއައްސަސާތަކުން ގުޅިގެން ކުރި މަސައްކަތުގައި ސްޓެލްކޯގެ ދިގުރަށު އިންޖީނުގޭގެ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވެ، ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކުރެވުނު ބައެއް މަސައްކަތުގެ ތެރޭގައި ބައެއް ފަޅުގޭގެއާއި، އަތިރިމަތި، މަސައްކަތު ސައިޓްތަކުގެ އިތުރުން ހުސްބިންތަކުގައި ފެންއެޅޭ ގޮތަށް ހުރިތަކެތި ވަނީ ނައްތާލެވިފައިއެވެ. މި ހިންގުނު މަސައްކަތުގެ ސަބަބުން ގިނަ ދުވަސްތަކަކަށް  މަދިރީގެ އުދަގުލުން އެރަށުގެ ރަޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މީގެ ކުރިންވެސް ސްޓެލްކޯގެ މުވައްޒީފުން ވަނީ މިފަދަ މުޖުތަމައުއާއި ގުޅުންހުރި އިޖްތިމާއި މަސައްކަތްތަކުގައި އިސްވެ އިސްނަގާފައެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި ކަރަންޓާއި ފެނުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެއް ނޫނެވެ. މީގެ އިތުރުން އިޖްތިމާއީ އެކި އެކި ހިދުމަތްތައް ފޯރުކޮށް ދިނުމަކީ ވެސް އެކުންފުނީގެ އެއް އަމާޒެވެ.