ފެތުރޭ ރޯގާއަށް ބޭނުންވާ ބޭސްހުސްނުކޮށް ފޯރުކޮށްދެވޭ: އެސްޓީއޯ

ރޯގާއަށް އާންމުކޮށް ބޭނުންކުރާ ބޭސް ހުހެއްނުވޭ

ފެތުރޭ ރޯގާއަށް ބޭނުންވާ ބޭސްހުސްނުކޮށް ފޯރުކޮށްދެވޭ: އެސްޓީއޯ

ހޮޑުލުމާއި ބޭރަށް ހިންގުމަށް އާންމުކޮށް ދޭ ބޭސްތަކަށް ޑިމާންޑު ބޮޑަސް އެސްްްޓީއޯއިން އެތެރެކުރާ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ ކަމަށް އެސްޓީއޯ ޔާގީންކަން ދެއެވެ. މާލެ ސަރަހައްދުގެ ބޭސް ފިހާރަތަކުން ވައިރަލް ރޯގާއަށް އާންމުކޮށް ބޭނުން ކުރާ ބޭސްތައް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ހަބަރު ފެތުރަމުން ދާތީ ބޭސް ލިބުމުގެ ދަތިކަމެއް ނެތްކަން ކަށަވަރުކޮށްދިނީ އިއްޔެއެވެ.

ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ އާއެކު އެފަދަ ރޯގާތަކަށް އާއްމުކޮށް ދެވޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައިވާކަން އެސްޓީއޯއަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަމާ ގުޅިގެން އެ ކުންފުނިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތް ކަން އެސްޓީއޯއިން ކަށަވަރު ކޮށްދެއެވެ. 

އެސްޓީއޯއިން ބޭސް އެތެރެކުރަމުންދަނީ ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާ ކުރެވިގެން ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި އިސްރާފުވެސް ކުޑަވާނެ ގޮތަށް ބެލިގެނެވެ. އަދި ބޭހުގެ ފެންވަރާމެދު ސުވާލެއްވެސް ނުއުފުދޭ މިންވަރަށް ވެސް ބެލިގެންނެވެ. 

ރާއްޖޭގައި މޫސުމީ ރޯގާތައް ފެތުރޭ ދުވަސްވަރުތައް ދެނެގަނެވި އެ ދުވަސްވަރަށް ބޭނުންވާ ބޭސްތައް އަބަދުވެސް ހުސްނުކޮށް ފޯރުކޮށްދޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނާ ގޮތުގައި، މާލެ ސަރަހައްދުގައި ކުއްލިއަކަށް ހޮޑުލުމާއި ބޭރަށް ހިންގުން ފެތުރުންދާ އިތުރުވެފައި ވާކަން ފާހަގަ ކުރެވިފައި ވަނީ އިއްޔެ ރެއިން ފެށިގެންނެވެ. މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާއަކީ ވައިރަސް އަކުން ފެތުރޭ ރޯގާއެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.