މިހާރުން މިހާރަށް މުއިއްޒު އަޒުލުކުރަންޖެހޭ: އައްބާސް
ހަރުމުދާ ރަހުނުކޮށް ބޮޑުތަނުން ގައުމު ދަރުވާލައިފި
ރައީސް މުއިއްޒުގެ އިތުބާރުނެތް ކަމަށް ވޯޓްނަގާ މަގާމުން އަޒުލުކުރަން ޖެހޭކަމަށް ރައއުިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރ ވިދާޅުވެއްޖެއެވެ. މިހާރުން މިހާރައްވެސް މިޤައުމުގައި މީ ކުރާންވެއްޖެ ކަމެއްކަމަށް މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ފެރޫގެ ރައީސްެގެ އިތުބާރުނެތްކަމަށް ނިންމާ ރައީސް ޕެންޔާ މަގާމުން ވަކިކުރި ހަބަރު ޓެގްކުރައްވާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު މަގާމުން ވަކިނުކޮށް ރައްޔިތުންނަށް ހިންދެމިލައިގެން ދިރިއުޅެވޭނެގޮތެއް ނެތް ކަމަށް އައްބާސް ވިދާޅުވިއެވެ. އައްބާސް ވިދާޅުވީވތަކެތީގެ އަގު ބޮޑުވެއްޖެއެވެ. ކަރަންޓު ބިލް ބޮޑުކޮށްފިއެވެ. ތެޔޮ އަގު ބޮޑު ކޮއްފިއެވެ. ގޭސް އަގު ބޮޑު ކޮއްފިއެވެ.
ދަތުރުފަތުރުގެ އަގުތައް އިންތިހާއަށް ބޮޑު ވެއްޖެ ކަމަށާއި ވިޔަފާރިތަކާއި ރައްޔިތުން އަތުން ނަގާ ޓެކްސްތައް ބޮޑުކޮށްފި ކަމަށްވެސް މެމްބަރ އައްބާސް ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ހުރީ 23 ރުފިޔާގައި. ކަމަށާއި ކުރައްވާނެ ކަމަށް ވިދާޅުވި އެއްކަމެއްވެސް ނުކުރައްވާ ނުކުރައްވާނަމޭ ވިދާޅުވީހާ ކަމެއް ކުރައްވަމުން ގެންދަވަނީ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
"ގައުމުގައި ހުރި ހަރުމުދާތައް ރަހުނުކޮށް އެކި އެކި ލޯނުތައް ނަގާ ޤައުމު ބޮޑުތަނުން ދަރުވާލައިފި.ލޯލާރިއަކާ ނުލާ 500 ހެކްޓަރުގެ ބިން ހިލޭ ދޫކޮށްލަން ނިންމާ ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް ފައްޓަވައިފި" އައްބާސް ވިދާޅުވިއެވެ.




