ކްރިތިކާ ކަމްރާ އާއި ގޯރަވް ކަޕޫރު މި އަހަރު ކައިވެނިކުރަނީ

ކްރިތިކާ ކަމްރާ އާއި ގޯރަވް ކަޕޫރު މި އަހަރު ކައިވެނިކުރަނީ

ފިލްމީ ތަރިން ކަމަށްވާ ކްރިތިކާ ކަމްރާ އާއި ގޯރަވް ކަޕޫރު 2026 ވަނަ އަހަރު ކައިވެނިކުރަން ނިންމައިފިއެވެ. ކައިވެނީގެ ހަފުލާތައް ބޭއްވޭނެކަމަށް ބޮޑަށް ބެލެވެނީ މި އަހަރުގެ މާރިޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ.

މި ދެ ތަރިންގެ ގުޅުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަސްމީކޮށް ހާމަކޮށްފައިވާއިރު، މިހާރު ދަނީ ކައިވެނީގެ އެކި ހަފުލާތަކާ ގުޅޭ އެންމެ ފަހުގެ ކަންކަން ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. ކައިވެނީގެ މައިގަނޑު ރަސްމިއްޔާތު އާއިލާ އާއި ގާތް ރަހުމަތްތެރިންނާއެކު މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޭގެ ފަހުން ފިލްމީ ދާއިރާގެ އެކުވެރިންނަށް ހާއްސަ ރިސެޕްޝަނެއް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.

ކްރިތިކާ އާއި ގޯރަވްގެ ގުޅުން އާންމުންގެ ސަމާލުކަމަށް އައީ އެ ދެމީހުން އެކުގައި ނާސްތާއެއްގައި ތިއްބާ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރުމާ ގުޅިގެންނެވެ. އެ ފޮޓޯއާއެކު ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ އެ ދެމީހުންނަށް ހެޔޮއެދުންތައް ފޮނުވާފައެވެ.

މީގެ އިތުރުން، އާ އަހަރު ފާހަގަކުރުމަށް އެ ދެމީހުން ޖައިސަލްމޭރަށް ކުރި ދަތުރަކީ، އެ ދެމީހުންގެ ހަޔާތުގެ އުފާވެރި އާ ބާބެއް ފެށެން އުޅޭކަމުގެ ހެކިތަކެއް ކަމަށް ބެލެވެއެވެ.