ގަދަރު 2 އަށް 260 ކްރޯޑް ރުޕީސް

ގަދަރު 2 އަށް 260 ކްރޯޑް ރުޕީސް

ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ގުޅިގެން ކުޅުނު ގަދަރު 2 ފިލްމު ވަނީ މުޅި އިންޑިއާގެ ސިނަމާތަކުން ގިނަ ބެލުންތެރިންތަކެއް ގެ ޝައުގުވެރިކަން ހޯދާފައެވެ. 

ގަދަރު 2 އަށް ވަނީ ފުރަތަމަ ދުވަހު 40 ކްރޯޑް ރުޕީސް، ދެވަނަ ދުވަހު 43 ކްރޯޑް ރުޕީސް، ތިން ވަނަ ދުވަހު 51 ކްރޯޑް ރުޕީސް، ހަތަރު ވަނަ ދުވަހު 38 ކްރޯޑް ރުޕީސް، ފަސް ވަނަ ދުވަހު 55 ކްރޯޑް ރުޕީސް އަދި ހަވަނަ ދުވަހު 32 ކްރޯޑް ރުޕީސް ލިބިފައިއެވެ. އިންޑިއާގައި  ޖުމްލަ  261 ކްރޯޑް ރުޕީސް ލިބިފައިވެއެވެ . އަދި އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި މިހާރު ވަނީ 338.50 ކްރޯޑް ރުޕީސް ލިބިފައެވެ.

މިފިލްމުގެ އަމާޒަކީ  "ދަ ކެރެލާ ސްޓޯރީ" ފަހަތަށް ޖައްސާލާފައި މި އަހަރުގެ ކުރީކޮޅު ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދިޔަ  "ޕަތާން" ހެދި ހުރިހާ ހިންދީ ރެކޯޑް މުގުރާލުމެވެ. ޕަތާން އެކްޝަން ފިލްމުން އިންޑިއާގައި 543 ކްރޯޑް ރުޕީސް ނެޓް ހޯދިއިރު، މުޅި ދުނިޔޭގައި ވެސް 1000 ކްރޯޑް ރުޕީސް އަށް ވުރެ ގިނަ ރުފީސް ހޯދިއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރެއްވި ޓްވީޓެއްގައި އޭނާގެ ފޮލޯވަރުންނާ ސުވާލު ކުރެއްވީ، ގަދާރު 2 ޕަތާންގެ އުމުރު ދުވަހުގެ ވިޔަފާރި ފަހަނައަޅައި ގޮސް ނެޓް ކަލެކްޝަންގެ ގޮތުން އިންޑިއާގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް ވާނެތޯއެވެ.