ކްރޫ އަށް ފަސްވަނަދުވަހު 80 ކްރޯޑް ރުޕީސް

ޓަބޫ، ކަރީނާ ކަޕޫރު، ކްރިތީ ސެނޯންގެ " ކްރޫ" ބޮކްސް އޮފީހުގެ 5 ވަނަ ދުވަސް

ކްރޫ އަށް ފަސްވަނަދުވަހު 80 ކްރޯޑް ރުޕީސް

ޓަބޫ، ކަރީނާ ކަޕޫރު ޚާން އަދި ކްރިތީ ސެނޯން ލީޑް ރޯލުން ފެނިގެންދާ " ކްރޫ "  ފިލްމަކީ 2024 ވަނަ އަހަރުގެ ފުރަތަމަ ހިޓް ފިލްމަކަށް ވެގެން ހިނގައްޖެއެވެ. ކްރޫ ފުރަތަމަ ހިޓަށް ވެގެން ގޮސްފައިވާއިރު ފިލްމު އެޅުވުނު ފުރަތަމަ ހަފްތާގައި އެކަނިވެސް ވަނީ 80 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފައިއެވެ.

ރަޖޭޝް ކްރިޝްނަން ޑައިރެކްޓްކޮށްފައިވާ މި ކޮމެޑީ  ފިލްމް ދަނީ ބައިނަލްއަގްވާމީ ބާޒާރުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އެގޮތުން ބައިނަލްއަގްވާމީ ބާޒާރުގައި މި  ފިލްމުން ވަނީ  25 ކްރޯޑަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ހޯދާފަ އެވެ.

ބުރަ މަސައްކަތެއް ކުރާ ތިން އަންހެނުންގެ ދިރިއުޅުން  ތަގުދީރުގެ ސަބަބުން ދިމާވާ  ހާލަތް ތަކެއްގެ ސަބަބުން ދޮގުތަކާއި މަކަރުގެ ވަޅުގަނޑެއްގެ  ތެރެއަށް ވެއްޓިގެން ދާގޮތް ދައްކުވައިދޭ ފިލްމް " ކްރޫ " ޕްރީމިއާ ކޮށްފައިވަނީ މިދިޔަ މަހުގެ 29 ގައެވެ.