ހީރަސް ރެސިޕީ: ރަތްމުގު ބޮނޑިބަތް

ހީރަސް ރެސިޕީ: ރަތްމުގު ބޮނޑިބަތް

ހީރަސް ރެސިޕީގައި ރަތްމުގު ބޮނޑިބަތް ނުހިމެނި ލަސްވުމަކީ ލިބޭނެ އުނިކަމެކެވެ. މުގު ބޮނޑިބަތަކީ ވަރަށް ތަފާތު ގޮތް ގޮތަށް ދިވެހީން ކައްކާ އުޅޭ ވަރަށް މީރު ބޮނޑިބަތެކެވެ.  

ބޭނުންވާ ތަކެތި:

1 ޖޯޑު ރަތްމުގު

3 ޖޯޑު ފެން

1 ބޮޑު ފިޔާ

3 މޭޒުމަތީ ސަމުސާ ގިތެޔޮ

1 ސައިސަމުސާ ކުދިކޮށް ތުނިކޮށް ކޮށާފައި ހުރި އިނގުރު

1 ޖޯޑު ހަކުރު (ނޫނީ ބޭނުން ވަރަކަށް)

1 މޭޒުމަތީ ސަމުސާ ފިނިފެން (ރޯޒްވޯޓަރ)

½ 1 ސައިސަމުސާ މުގުރި ފޮނިތޮށިކާފޫރުތޮޅި (ނޫނީ ބޭނުން ވަރަކަށް)

ހަދާނެގޮތް:

ފިޔަވަޅު 1:

  • ފިޔާކޮޅު ވަރަށް ތުނިކޮށް ކޮށާށެވެ. ނިކަން ފަރުވާ ބަހައްޓައިގެން ހުރިހާ ފޮތިތަކެއްވެސް އެއްވަރަކަށް ހުންނާނެ ގޮތަށެވެ.
  • ގިތެޔޮކޮޅުގެ ދެބައިކުޅަ އެއްބައި ތެއްޔަކަށް އަޅާ ހޫނު ކުރާށެވެ.
  • ގިތެޔޮ ވިރުމުން ފިޔާކޮޅު އަޅާފައި އެ މަޑުވެ މުށިކުލަ އަރަން ފަށަންދެން ކައްކާށެވެ.
  • ފިޔާކޮޅަށް މުށިކުލަ އަރަން ފެށީމާ އުނދުން ނިވާލާފައި ތެލީގައި މަތިޖަހާށެވެ.

ފިޔަވަޅު 2:

  • މުގުކޮޅު ރަނގަޅަށް ދޮވެލާށެވެ.
  • އެހެން ތެއްޔަކަށް މުގުކޮޅާއި ފެން އަޅާފައި ކައްކަން އުދާށެވެ.
  • ފެންގަނޑު ކެކިގަތީމައި ގިނި މަޑުކޮށްލާފައި 5 ވަރަކަށް މިނެޓު ބަހައްޓާލާށެވެ.
  • މުގުކޮޅު ފުރާނާލާފައި އެއްޗަކަށް އަޅާފައި އެހަށް ބަހައްޓާށެވެ.

ފިޔަވަޅު 3: 

  • ބާކީހުރި ގިތެޔޮކޮޅު ތެއްޔަކަށް އަޅާ ހޫނުކުރާށެވެ.
  • ގިތެޔޮ ވިރުމުން މުގުކޮޅާއި، ފިޔާކޮޅާއި، އިނގުރާއި، ހަކުރު އަޅާށެވެ.
  • ގިނި ބަހައްޓާނީ މެދުމިނުގައެވެ.
  • އެއްކޮށް ކެކި ނިމެންދެން ގެންދަންވާނީ ހަލަމުންނެވެ.
  • ތެލީގައިވާ ތަކެތި އޮލަވެ، އަދި ފިޔާތަށް ލޮލަށް ނުފެންނަ ވަރަށް މުގުގަނޑުގެ ތެރެއަށް ގިރުމުން އުނދުން ނިވާލާށެވެ.
  • ފިނިފެނާއި ފޮނުތޮށި ކާފޫރުތޮޅި އަޅާ އެއްކޮށްލީމާ ރަތްމުގު ބޮނޑިބަތް އެހުރީ ކެކިފައެވެ.