އެއްޖިންސުން ގުޅުން ހިންގުން މުއިއްޒު ހުއްދަކުރަނީތަ!!

ސަމޯއާ އެގްރިމްންޓްގެ މައި އަމާޒަކީ އެލްޖީބީޓީ ހައްގު ކަށަވަރުކުރުން

އެއްޖިންސުން ގުޅުން ހިންގުން މުއިއްޒު ހުއްދަކުރަނީތަ!!

އެލްޖީބީޓީ ( ލެސްބިއަން، ގޭ، ބައިސެކްޝުއަލް، ޓްރާންސްޖެންޑަރ) މީހުންނަށް މަދަނީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށް ބައިނަލް އަގުވާމީ ޖަމާއަތްތައް މެދުވެރިކޮށް ކެނޑިނޭޅި ސަރުކާތަކަށް ސިދާ ގޮތުންނާއި ނުސީދާގޮތުން ޔޫރަޕާއި އިނގިރޭސީން ފައިސާ އޮއްސަމުންދެއެވެ. އެލްޖީބީޓީއަކީ ގާނޫނީކުށެއް ގެ ގޮތުގައި ބަލާ 70 ގައުމަކަށް އަމާޒުކޮށް އެލްޖީބީޓީ ޕްރަމޯޓްކުރުމަށް އިގިރޭސި ދައުލަތުން 2020 ވަނައަހަރު އެކަނިވެސް 5.47 މިލިޔަން ޕައުންޑް ހަރަދު ކުރިއެވެ. އިގިރޭސި ދައުލަތުގެ 2020ގެ ބޭރުގެ އެހީގެ 55 މިލިޔަން ޕައުންޑް ހާއްސަކުރެވިފައި އޮތީ އެލްޖީބީޓީ ހައްގު ކަށަވަރު ކުރުމަށެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގައި އެލްޖީބީޓީއަކީ ކުށެއް ނޫންކަމަށް ހުއްތާނުލާ މަސައްކަތް ކުރެވުނަސް އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ 67 ގައުމު ދުނިޔޭގައި އަދިވެސް އެބައޮތެވެ. އޭގެތެރެއިން 32 ގައުމު ހިމެނެނީ ކޮމަންވެލްތުގައެވެ. ކޮމަންވެލްތަކީ އިނގިރޭސި ވިލާތުގެ އަޅުވެތިކަމުން މިނިވަންވުމުންވެސް އިގިރޭސިވިލާތުގެ އުނގުތެރޭން ނިކުތަނުދީ އެގައުމުތައް ބަނދެލުމަށް އިގިރޭސީން އުފެއްދި ފިކުރުގެ އަޅުންގެ ޖަމާއަތެވެ. އިގިރޭސި ތަހުތަށް ދައުލަތުގެ އެންމެ މަތީވެރިކަން ދީގެންއުޅޭ ގައުމުތަކާއި އިނގިރޭސީންގެ ތައްޕާހުންއުޅޭ ގައުމުތަކުގެ ޖަމާއަތެވެ. އިނގިރޭސި ވިލާތުން ދުނިޔޭގައި ހަން ފަތުރަން ގެންގުޅޭ ޒަމާނީ ހަތިޔާރަކީ ކޮމަންވެލްތެވެ. 

މިހާތަނަށް އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށް އެއްޖިންސުން އެންމެ ގިނަ ކައިވެނި ކޮށްފައިވަނީ ކޮމަންވެލްތުގެ ގައުމުތަކުގައެވެ. ހާއްސަކޮށް އިގިރޭސިތަހުތައް ދައުލަތުގެ އެންމެ އިސްވެރިކަން ދީގެން އުޅޭ ގައުމުތަކުގައެވެ. އެހެންކަމުން އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ 32 ގައުމު ކޮމަންވެލްތުގައި އޮތުމަކީ އިނގިރޭސި ވިލާތަށް ހަޖަމް ކުރެވޭކަމަކަށް ނުވެއެވެ. ގައުމުތަކުގެ ނިކަމެތިކަމުގެ ފައިދާ ނަގައިގެން އެލްޖީބީޓީ ޕްރަމޯޓްކުރުމަކީ އިނގިރޭސި ދައުލަތުގެ އަމާޒެވެ. މަގުސަދެވެ. 

ސަމޯއާ އެގްރިމެންޓަކީ އެމަގްސަދުގައި ޔޫރަޕިއަން ޔޫނިއަނާގުޅިގެން އިގިރޭސީން އުފެއްދި އުފެއްދުމެކެވެ. ގައުމުތަކާ ޒުރޫރަތާ ގުޅުވައިގެން އެއްބާރުލުމާއި އެހީތެރިވުމުގެ ނަމުގައި އެކުލަވާލި ހަރަކާތެކެވެ. ޕެސިފިކާ އެފްރިކާއާއި ކެރިބިއަނާއި އިންޑިއަން އޯޝަނާއި އެފްރިކާގައި ހިމެނޭ ކުދި ފަގީރު ގައުމުތައް އެލްޖީބީޓީން ބަނދެލުމަށް ހިންގާ ހަރަކާތަކީ ސަމާއޯ އެގްރިމެންޓެވެ. ގައުމުތަކަށް ފައިސާއާއި އެހީއަށް ބޭނުން ޖެހިފައިވާ ދާއިރާތަކަށް އަމާޒުކޮށްގެން މާލީގޮތުންނާއި ފަންނީ ގޮތުން ސަމާއޯ އެގްރިމަންޓްގެ ދަށުން އެހީތައް ފޯރުކޮށްދެނީ އިންސާނީ ހައްގުގައި ޑިމޮކްރަސީގެ ނަމުގައި ކަންތައްތަކެއް ކުރުން ޝަރުތުކޮށްފައެވެ. އޭގެތެރޭގައި އެއްޖިންސުން ގުޅުން ހިންގުމުގެ މާއްދާ ނިކަން ރަނގަޅަށް އެކިއެކި ޕްރޮގްރަމްގެ ތެރެއަށް އޮންނަނީ ވައްދާފައެވެ.

ކިތަންމެ ނޫނެކޭ ބުންޏަސް ސަމޯއާ އެގްރީމެންޓްގެ ދަށުން އެހީ ހޯދަންޏާ ގައުމީ ގާނޫނުތަކުގައި ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ އަންހެން ކުޅިއާއި ފިރިހެންކުޅިއާއި މަސްހުނި ޖިންސީގުޅުން ހިންގުމާއި ޖިންސު ބަދަލު ކުރުމަކީ ކުށެއް ނޫންކަމާއި އިންސާނީ ހައްގެއްކަމަށް މުޖުތަމައު ގަބޫލު ކުރުވަން މަސައްކަތް ކުރުވަންޖެހެއެވެ. އެންމެ ފަހުން އެ ހުރިހާ މުޑުދާރު އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރަން ޖެހެއެވެ. ދުނިޔޭގައި އެންމެ ގިނަ މީހުން އެ ދީން ތަކަށް އުޅޭ އިސްލާމް ދީނާއި ކުރިސްޓިއަން ދީނުގައިވެސް ބޮޑެތިކުށުގެ ގޮތުގައި ހިމެނޭ ކުށްތަކެއް އިމާމުންނާއި ފަދިރީން މަނާ ކޮށްކޮށް ތިއްބާ ހުއްދަކުރަން ލާޒިމު ކުރުވާނެއެވެ. 

އެއް ޖިންސުން ގުޅުން ހިންގުމަކީ ވަލުޖަނަވާރު ވެސް ކޮށްއުޅޭ ކަމެއްނޫނެވެ. ބުއްދި ދެއްވި އިންސާނުން ވަލުޖަނަވާރަށް ވުރެވެސް ދަށުދަރަޖައަށް ވެއްޓެން ބާރުއަޅާ ޖަމާއަތަކާ ރާއްޖޭން ގުޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. ފައިސާއައި އެހީ ކިތަންމެ ބޭނުންވިޔަސް ކުރަންވާނީ ކުރަންވާވަރުގެ ކަންކަމެވެ. ސަމޯއާ އެގްރިމެންޓްގައި ސޮއިކުރަން ޖެހޭނީ އެއްވެސް ރިޒަވޭޝަނަކާ ނުލައެވެ. މަގުސަދު ހާސިލް ނުވާގޮތަކަށް ބަޔަކު ކަމެއް ނުކުރާނެއެވެ. 

ސަލަފުޅިޔަން ސަރުކާރަށް ލާދީނީ ވެވޭނީ މިހާކަށް ވަރަށެވެ. ފައިސާގެ ބޭނުމުގައި ޖިންސީ ގޮތުން ހަޑި މުޑުދާރު ފާފަތައް ހަލާލުކޮށް ހުއްދަކުރުމަށް މަސައްކަތްކުރާ ޖަމާއަތަކާ ގުޅުމަށް މަޖިލީހުންވެސް ރުހުން ދިނީއެވެ. މުޑުދާރު ހުރިހާ ޖިންސީ އަމަލެއް ކުށެއްގެ ގޮތުގައި އޮތްއޮތުން ބަދަލުމުެ މަސައްކަތް މުއިއްޒުފެށީއެވެ.ހަލަކު ހުއްޓެވެ.