މުލިއާގެ މަރާމަތަށް 21 މިލިޔަން ތަޅާލީ ޖަވާހިރު ކޯދުލާއަރާތީ!؟

ރަށްރަށުގެ އަސާސީ ހިދުމަތް ދިނުމަކީ އާމްދަނީ ނުލިބޭ ކޮރަޕްޝަނެއް: އަޒާން

މުލިއާގެ މަރާމަތަށް 21 މިލިޔަން ތަޅާލީ ޖަވާހިރު ކޯދުލާއަރާތީ!؟

އެމްޑީޕީގެ ވެރިކަމުގައި އާމްދަނީ އިތުރުނުވާ ކޮރަޕްޓް މަޝްރޫތަކެއް ހިންގިކަމަށް އަޒާނަށް ފެނުމަކުން ހައިރާނެއް ނުވެއެވެ. އަޒާނަކީ އެމްޑީޕީގެ ވެރިކަމުގައި ދެހާސް ތިންހާސް އިންޑިއާ ސިފައިން ރާއްޖެ އަޅުވެތިކޮށްގެން އުޅުނިކޮށް ދުށް މީހާއެވެ. 

ހެއްދެވިހާ ދޮގާ ވަގު ހަދައިގެން ވެރިކަން ހޯދާފައި ދަރަނި މެނޭޖްނުކުރެވުނީމާ އަޒާނުމެން ކިޔަން އޮންނާނީ ތިޔަހެންނެވެ. ކަނު މީހުންނަކަށް ތަންތަނެއް ނުފެންނާނެއެވެ. ބީރު މީހުނަށް އަޑެއް ނީވޭނެއެވެ. ސިޔާސީ ގޮތުން ބީރު ކަނު މީހުންގެ ތެރޭގައި އަޒާނު ހިމެނުމަކީ ކުރީ ސަރުކާރުގެ ކުށެއް ނޫނެވެ. 

އަޖައިބެކެވެ. ގައުމު ދަރުވާލާފާ މީހަކު ނުބަޗައެވެ. ދައުލަތް ދަރާވިކެއްޖެއޭ މިކަމެއް ވާކަށްނެތޭ ހަވާލުވެދޭށޭ ކުރީސަރުކާރުން ބުނީ ހެއްޔެވެ. ނުބުނެއެވެ. ކުރީ ސަރުކާރުން ބުނަމުން އައީ ކޮވިޑްގެ އާލަމީ ވަބާގައިޖެހި ގައުމަށް އެރި ލޮޅުމުގެ ގެއްލުމުން އަރައިގަނެ ދަރަނިތައް މެނޭޖުކޮށް ހެދުމަށް ފުރުސަތު ދިނުމަށެވެ. އެއަޑެއް އޭރަކު ނޭހިއެވެ. އެކަމަކު ރައްޔިތުންގެ ތެރެއިން ބަޔަކު އެހީ ރޮއި ހޭރި އާދޭސްކޮށް ސަލާން ޖަހައިގެން ވެރިކަން ހޯދަން އުޅުނު މީހާގެ އަޑެވެ. ގައުމު ހަމަމަގަށް އެޅުވާނެ ކަމަށް ބުނެ ހެދި ދޮގުގެ އަޑެވެ. ވާނީ އެހެން ތާއެވެ. އަޒާނުމެން ދޮގުރެހުގެ ޖާދޫގައި ބަޔަކު ކަނުކޮށް ބީރުކޮށްލީއެވެ. 

ކަދުރު ސިހުރުން ކަޅިކޮށް އާސަހަރާ ފަޅުކޮށްގެން ހެދި ޖާދޫގައި މީހުންޖެހި ހިންޏަށް ހަކުރު އޮޅުނީއެވެ. ކުރީ ސަރުކާރުން ގައުމު ދަރުވާލާފާ މުއިއްޒު ބޮލަށް ޖެހީއެއް ނޫނެވެ. ހުސްގޮނޑިއާއި ޖަލުގައި އޮތް ޔާމީނުގެ ފޮޓޯ ދައްކައިގެން ޔާމީނުގެ ބުރަކަށި މަތީން ވެރިކަން ފޭރިގަތީއެވެ. ރޯމާ ދުވާލު ހިންގި އެބޮޑު ޖަރީމާގެ ދޮގުވާރަކީ އަޒާނެވެ. އަޒާނަށް އަޒާނު އޮޅުނަސް ދިވެހިންނަކަށް އަޒާނެއް ނޯޅެއެވެ.

ރަށްރަށުގެ ގެދަބުޅި އިންޖީނުގެތަކުން ވައިނުސާފު ކުރިއެވެ. ކަންފަތްތައް ބީރުކޮށް ފެންވަޅުތައް ތަގައްޔަރު ކުރިއެވެ. ރަށްރަށުގެ ރައްޔިތުންނަށްވާ އެއުދަގުލާ ތުރާ ހުއްޓުވާ އަވަށާދުރުގައި ޒަމާނީ ފެންވަރަށް އިންޖީނުގެތައް ކުރީ ސަރުކާރުން އަޅާ އެތަންތަނުން ރަނގަޅުފެންވަރުގައި ކަރަންޓް ހިދުމަތް ދިނުން މުއިއްޒަށާއި އަޒާނަށްވީ އާމްދަނީ ނުލީބޭ އިސްރާފަށެވެ. ރަށްރަށުގެ ފެނާއި ނަރުދަމާ އެޅުންވެސްވީ އިސްރާފަށެވެ. ރަށްރަށުގެ ލަފާފުރުން ފަސޭހަކޮށްދީ ބަދަރުތައް ހަދާ މަގުތައް ހަދާ ގޮނޑުދޮށް ހިމާޔަތް ކުރުންވެސް މުއިއްޒުމެނަށް ވެފައި އޮތީ އިސްރާފަކަށެވެ. އާމްދަނި ނުލީބޭގޮތަށް ދައުލަތުން ކުރި ބޭކާރު ހަރަދަކަށެވެ. ވަގުތުން ސަވާބު ލިބޭތަން ނުފެންނާތީ ފަސްވަގުތު ނަމާދު ކުރުމަކީވެސް ބޭކާރު ކަމެކޭ މިބައިގަނޑު ފަހަރުގައި ބުނެފާނެއެވެ. 

ނިކަން ބުނެ ބަލާށެވެ. އަތްނުފޯރާ ވަރަށް ދަރަނިވެރި ދައުލަތަކާ ހަވާލުވެގެން ހަތް މަސްވަންދެން ދައުލަތް ލޫޓުވީވެސް ކުރީގެ ސަރުކާރުން ހެއްޔެވެ. ރިޒާވްގައި މަސް ދުވަހުގެ ކާޑު ގަނެވޭނެ ވަރުނެތަސް ކަނޑުއަޑީ ޓަނަލް އަޅާ، ކަނޑުމަތީ ރޭލުއަޅާ، ފްލޯޓިންގ އެއަރޕޯޓް އަޅަން ވައުދުވީ އަތްފޯރާ ދިގުވެގެން ހެއްޔެވެ. އަތްނުފޯރާ ވަރަށް ދަރަނިވެރި ދައުލަތަކާ ހަވާލުވެގެން 140 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ވަޒީރުން ދުއްވަން ކާރުގަތީ ކިހާވަރެއްގެ އާމްދަނީ ލިބޭ ކަމަކަށް ވެގެން ހެއްޔެވެ. ސިޔާސީންގެ މުސާރައަށް 900 މިލިޔަން މިވީ ކުޑަ ދުވަސްކޮޅު ހޭދަކޮށްލުމަކީ އާމްދަނީކިހާ ވަރަކަށް ލިބޭނެ ކަމެއްހެއްޔެވެ. އަސްކަރީ ޑްރޯނަށް 500މިލޔަން ދުއްވާލީ ކިހާ އާމްދަނީއެއް ލިބޭތީހެއްޔެވެ. އީދު ބޮތްކަށް ފަންސާސް މިލިޔަނާއި މުލިޔާގެއާއި ހިލަލީގެއަށް މަރާމާތަށޭ ކިޔާ 36 މިލިޔަން ތަޅަލައިގެން ހުރީ އެތަންތަނުން ކޯދުލާ ޖަވާހިރު ކެކިއަރާތީ ހެއްޔެވެ.     

އަޒާނެއްކަމަކު ތިޔަ ދައްކަނީ މާ ތާހިރު ވާހަކައެއް ނޫނެވެ. އެމްޑީޕީގެ ވެރިކަމުގައި ގައުމުގެ ދަރަނި އިތުރުކޮށް އާމްދަނީ އިތުރުނުވާ ފަދަ ކޮރަޕްޓް މަޝްރޫތަކެއް ހިންގި މަންޒަރު ފެނުނީ ހަމަ އެކަނި އަޒާން ކަހަލަ ބޮޑެތި ދޮގުވެރިންނަށެވެ. ރަށްރަށުގެ ރައްޔިތުން ތިބީ އުފަލުންނެވެ.