މާލޭން ގޯތި ދިނުން ހުއްޓުވަން އިދިކޮޅުން އެންޓި ކޮރަޕްޝަނަށް

މާލޭ މީހަކަށް ބިމުގެ އަކަ އިންޗިއެއް ނުދީ ބިންތައް މުއިއްޒު ވިއްކާނީ

މާލޭން ގޯތި ދިނުން ހުއްޓުވަން އިދިކޮޅުން އެންޓި ކޮރަޕްޝަނަށް

ރައީސް ސޯލިޙް ތަކުރާރުކޮށް ވިދާޅުވަނީ މިހާރު އެދާ ގޮތަށް ގޮސް، މިއަންނަ ނޮވެމްބަރ 5 ގައި މާލޭ ރައްޔިތުންނަށް ގޯތިކަނޑާ ރަޖިސްޓްރީ ކޮށްދީ އަންނަ ރިޔާސީ ދައުރު ފެށުމުގެ ކުރިން ނިންމާނެ ކަމަށެވެ. ކޮންމެ މީހެެއް ނަމަވެސް، އަންނަ ދައުރަށް ހުވާ ކުރާނީ އޭގެ ފަހުންނެވެ. 

އެހެން ނަމަވެސް އިއްޔެ އެވަނީ މާލޭ މީހުންނަށްދޭ ގޯތީގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށްއިދިކޮޅުން ވައްދާފައެވެ. ހޮވިއްޖެނަމަ މާލޭ ރައްޔިތުންގެ ގޯތިތައް އަތުލުމުގެ ބަހަނާ ހަމަ ރަނގަޅަށް މުއިއްޒު މިއޮތީ އުފަންކޮށްފައެވެ. 

މުއިއްޒަށް އޮޅުމަކުން ވެރިކަމަށް އާދެވުނަސް ހަތަރެސްކަން ހަމަވީއެވެ. އެންޓިކޮރަޕްޝަން ކޮމިޝަންގައި މައްސަަލަ އޮވެގެން މާލޭ ރައްޔިތުންނަށް ރައީސް ޞޯލިޙް ދެއްވި ހައްގު ހަލާލު ގޯތިތަކުން އެންމެ މާލޭ މީހަކަށް ބިމުގެ އަކަ އިންޗިއެއް ނުދީ ކުރިން ކަންކުރި ގޮތަށް އެ ބިންތައް މުއިއްޒު ވިއްކާނީއެވެ. ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ހަރަދު ހަމަޖެއްސުމުގެ ބަހަނާ ދައްކަމުންނެވެ.

ވާދޫކަނޑު ހުރަސްކޮށް ބިޔާދު އަތޮޅުގައި އޮތް ފުށިދިއްގަރު ފަޅުގެ އަވާގަައި މާލޭ ރައްޔިތުން ޖެހިއްޖެނަމަ މާލޭ މީހުންގެ މުސްތަގްބަލް ގެއްލުނީއެވެ. 

މާލޭން ގޯތި ލިބުނު މުއިއްޒުގެ ކެމްޕޭނުގައި އުޅޭ މާލޭ މީހަކު ބުންޏެވެ. "ކެމްޕޭނުގައި އުޅުނަސް ވޯޓެއް ނުދޭނަމެވެ. އެއީ މަގޭ ގޯތި ދޭނީ ސޯލިޙްކަން މަށަށް ޔަގީނެވެ."