މުއިއްޒު މިނިމަމް ވޭޖު ކަފުންކުރާނެ
ވަޒީފާ އަދާކުރާ މީހުންގެ އަޑު ކަނޑުވާލާނެ
މިނިމަމް ވޭޖަކީ މަސައްކަތް ތެރިންނަށް މިސަރުކާރުން ކަށަވަރު ކޮށްދިން ހައްގެކެވެ. މިނިމަމް ވޭޖް ގާނޫނަކުން ކަނޑައެޅިގެން ދިޔުމުން އެންމެ ބޮޑު ހަމަޖެހުމެއް ލިބިގެން ދިޔައީ ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތްކުރާ މަސައްކަތް ތެރިންނަށެވެ. ކުޑަކުޑަ މުސާރައެއްގައި ގަނަތެޅުވި ގިނަ ފަތުރުވެރި މުއައްޒަފުނަށް މުސާރަ ބޮޑުތަނުން އުފުލާދޭން ރިސޯޓް އޯނަރުންނަށް މަޖުބޫރު ކުރުވީ މިނިމަމް ވޭޖެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އެމްޑީޕީ ސަރުކާރުން ލޭބަރ ގާނޫނު ފާސްކޮށް ސަރވިސްޗާޖާއި މިނިވަން ވޭޖު ނޫނަސް އެތައް ހައްގުތަކެއް މަސައްކަތް ތެރިންނަށް އެމްޑީޕީ ކަށަވަރު ކޮށާދިނެވެ. ރާއްޖެ އައިއެލްއޯގައި ބައިވެރިވެ ބައިނަލްއަގުވާމީ ހަމަތަކާ އުސޫލުތަކަށް މަސައްކަތްތެރިންގެ ކަންކަން ތަރުތީބު ކުރިއެވެ.
މަސައްކަތްތެރިންގެ އަޑުއަހައިގެން ބައިނަލްއަގުވާމީ މިންގަޑުން ދުނިޔެ ގަބޫލުކުރާ ހުރިހާ ހައްގެއް ކަށަވަރުކޮށް ދިނުމުގެ މަސައްކަތް މިސަރުކާރުން ފުޅާދާއިރާއެއްގައި ދަނީ ކުރަމުންނެވެ.
މިނިމަމް ވޭޖު ދެއަހަރުން އެއް އަހަރު ރިވައިޒްކޮށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެންނާން ލާޒިމް ކުރެއެވެ. އެމްޑީޕީ ސަރުކާރަކުން އެކަން ކުރާނެއެވެ. ރިވައިސް ކުރާއިރު ބޮޑެތި ހެޔޮބަދަލުތަށް އައި ނިސްބަތުން އެންމެންގެ މުސާރަ ވެސް ބަދަލު ވާނެއެވެ.
އެހެނަސް މުއިއްޒުގެ ވެރިކަމެއްގައި މަސައްކަތްޠެރިންނަކީ އެއްވެސް ބަޔަކަށް ނުބަލާނެކަން ކަށަވަރެވެ. ސްކޫލުތަކުގެ ބޮޑު ޗުއްޓީ ކުރިން އޮތްގޮތަށް ބަދަލުކުރާނީ ކަމަށް ބުނި ިބުނުން އޭގެ ހެއްކަކަށް ފުދެއެވެ. އަދި ޕީޕީއެމްގެ ސަރުކާރުން މަސައްކަތްތެރިންގެ ޖަމުއްްޔާތައް އުވާލާނެއެވެ. އައިއެލްއޯގެ އުސޫލުތަކަށް ބޯލެބުމަކި ޕީޕީއެމް ބައިވެރިވާ މުއިއްޒުގެ ސަރުކާރަކުން ކުރާނެ ކަމެއް ނޫނެވެ.
މުއައްޒަށް މުހިންމުވަނީ ވަޒީފާ އަދާކުރާ މީހުނަށް ވުރެ ވަޒީފާދޭ ވިޔަފާރި ވެރިންނެވެ. އަނިޔާވެރިކަމާއެކު މޭޑޭ މުޒާހަރާ ހުއްޓުވަން އުސްކޮށް އުޅުނު މީހުން ނަގާ ކިޔާ ސަރުކާރެއްގައި އައިއެލްއޯއިން ވަކި ވުމަކީ ކުރުން އެންމެ ގާތް އެއްކަންތަކެވެ.
އެނގޭ ކަމަކީ މުއިއްޒުގެ ވެރިކަމެއްގައި ވަޒީފާ އަދާކުރާ މީހުން ވަނީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށެވެ. ވިކޭނީ ބޮޑެތި މަހުޖަނުންނާ ރިސޯޓް އޯނަރުން ގެ ބަހެވެ. މިނިމަމް ވޭޖު ރިވައިޒް ކުރުމެއް ދެވޭ އެންމެކުޑަ މުސާރަ ކަށަވަރު ކުރުމެއް ނުއޮންނަނެއެވެ. ވަޒީފާ އަދާކުރާ މީހުންގެ އަޑު ކަނޑުވާލާ މިހާރު ލިބި އޮތް މިންވަރުވެސް ނުދީ ގެއްލުވާލާނެކަމަށް ގަބޫލުކުރެވެއެވެ.