އާއްމުން ނިކުމެ ގޮއިދޫ ޕޮލިސް އިންޗާޖު ރަށުންބެލީމާ ރައީސް އަޅާދިނީ ބިންގާ

އާއްމުން ނިކުމެ ގޮއިދޫ ޕޮލިސް އިންޗާޖު ރަށުންބެލީމާ ރައީސް އަޅާދިނީ ބިންގާ

ރަށްރަށުގައި ޕޮލިސް މަރުކަޒުތައް އަޅައިގެން ޕޮލިހުން ބައިތިއްބަނީ ކީއްކުރަން ހެއްޔެވެ. ރައްޔިތުންނަށް ރައްކާތެރިކަންދީ ހިދުމަތް ކުރަންކަމާ މެދު ސުވާލު އުފެދެއެވެ. 

ރައީސް މުއިއްޒު މިއަދު ނިންމާލި ބ.އަތޮޅު ދަތުރުގައިވެސް 2 ޕޮލިސް ސްޓޭޝަނެއްގެ ބިންގާ އަޅާދިނެވެ. ބ. އަތޮޅު ދަތުރުގައި ރައީސް ބިންގާ އަޅާދިން އެއްތަނަކީ ބ. ގޮއިދޫ ޕޮލިސް ސްޓޭޝަނެވެ. 

ރައީސް ގޮއިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާދިނީ ވަރަށް ފާހަގަ ކޮށްލެވޭ ދަނޑިވަޅެއްގައެވެ. ފާހަގަކޮށްލެވޭ ކަމަކަށް އެކަންވީ ގޮއިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖަކަށް ހުރި ޕޮލިސް އޮފިސަރު އެ ރަށުގެ އަންހެނަކާ ނާޖާއިޒު ގުލުންތަކެއް ހިންގައިގެން އެކަން ފަޅާއަރައިގެން އާއްމުން ނިކުމެ ޕޮލިސް އިންޗާޖު ރަށުން ބޭލި ރެއާއި ޖެހިގެން އައި ދުވަހު ޕޮލިސް ސްޓޭޝަންގެ ބިންގާ ރައީސް އެޅުމުންނެވެ. 

ޕޮލިސް ސްޓޭޝަން ތަކުގެ އިންޗާޖުން އެފެންވަރަށް ވަހުޝީވެ ކޮރަޕްޓް ވީމާ ޕޮލިހުންގެ ކިބައިން ރައްކާތެރިކަމެއް ލިބޭނެކަމަށް ގަބޫލު ކުރާނީ ކާކުހެއްޔެވެ. ފުލުހުންގެ ހިދުމަތަކީ ހިދުމަތެއް ކަމަށް ބަލައިގަންނާނީ ކާކުހެއްޔެވެ. އާއްމުން ނިކުމެ ފުލުހުން ހުއްޓުވާ ހިސާބަށް ކުށްކުރާ ބަޔަކަށް ފުލުހުން ވުމުން ގައުމުގައި އޮންނާނީ ކޮން ހަމައެއް ލަމައެއް ހެއްޔެވެ.

ރައީސް ރަށްރަށުގައި ޕޮލިހުންގެ މަރުކަޒުތައް ހަދާދިފައި ޕޮލިހުން ބައިތިއްބަނީ މަގާމުގެ ބޭނުންކޮށްގެން މީހުންގެ އަނބިންނާ ނާޖާއިޒު ގުޅުން ހިންގުވުމަށް ހެއްޔެވެ. ރަށްރަށުގެ ޕޮލިސް ސްޓޭޝަން ތަކަކީ ރަށްރަށުގައި އުޅޭ އަހެނުން ޝިކާރަކުރަން ނިޒާމީގޮތެއްގައި މީހުން ރެކްރޫޓް ކުރަން ގާއިމުކުރާ ތަންތަން ހެއްޔެވެ.