ބޯހަރުކަން ދޫކޮށް މަޝްވަރާގެ މޭޒު ހިޔާރުކުރޭ: އައްބާސް

ބޯހަރުކަން ދޫކޮށް މަޝްވަރާގެ މޭޒު ހިޔާރުކުރޭ: އައްބާސް

ސަރުކާރުގެ ވެރިން ބޮޑުބަސް ބުނުމާއި ބޯހަރުކަން ދޫކޮށްލައްވާ މަސްވަރާގެ މޭޒު އިހުތިޔާރު ކުރަންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. އޮނަރަބަލް އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމޭރުމުން ގޮވާލެއްވީ ނޭޕާލުގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރައްވަމުންނެވެ.

ނޭޕާލްގެ ރައްޔިތުން  މަގުތަކަށް  ނިކުމެ  ހިންގި  ހަމަނުޖެހުން  ތަކަކީ  ވެރިކަމުގެ  ފަރާތުން  ފެނުނު  ބޯހަރު ކަމުގެ  ނަތީޖާ ކަމަށް ވިދާޅުވަމުން އައްބާސް ވިދާޅުވީ ވެރިކަން  ފެށިގެން  އަންނަނީ  ރައްޔިތުންގެ  ކިބައިންކަން ހަދުމަކޮށް އަރުވާ ކަމަށެވެ. ރައްޔިތަކު ނެތްތަނެއްގައި ވެރިކަމެއް ނޯންނާނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ސުލްހަވެރި މުޒާހަރާތަކުން ރުޅިވެރިކަމުން ނަފުރަތަށް ބަދަލުވެގެން ދިޔައީ އެންމެ ދުވަހަކުން ނޫން ކަމަށް ވިދާޅުވަމުން އައްބާސް ވިދާޅުވީ .ސުލްހަވެރި ކަމާއިއެކު ފެށި މުޒާހަރާތައް ހޫނުވެ އެންމެ ފަހުން ރައްޔިތުންގެ  އަތަށް ހަތިޔާރު ނަގައި މިހާރު މިވަނީ ވެރިކަން  ފުރޮޅާލައިފައި ކަމަށެވެ.

ނަމަވެސް  އޭގެފަހުން ހިތާމަވެރި  އެތައް  ކަމެއް  މުޒާހަރާގެ  ބައިވެރިންގެ  ފަރާތުން  ފެނުކަން ފާހަގަ ކުރައްވަމުން .މިފަދަ ހާލަތެއް މި ގައުމުގައި މެދުވެރި ނުވަނީސް ސަރުކާރުގެ ވެރިން ބޮޑުބަސް ބުނުމާއި ބޯހަރުކަން ދޫކޮށްލައްވާ މަސްވަރާގެ މޭޒު އިހުތިޔާރު ކުރަންޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ.