މީޑިއާ ކޮންޓްރޯލް ބިލް ފާސްކުރުމަކީ ހިޔާލުފާޅުކުރުމާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުން

ބާރުގެ ބޭނުންކޮށްގެން މީޑިއާ ކޮންޓްރޯލް ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްލި ކޮށްލުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
ބާރުގެ ބޭނުންކޮށްގެން މީޑިއާ ކޮންޓްރޯލް ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ދިވެހި ސަރުކާރުން މިނިވަންކަމުގެ ބަދަލުގައި ބިރުވެރިކަން މިއަދު ހިޔާރުކޮށްފިކަމަށެވެ.
ނޫސްވެރިންގެ އަޑު ކަނޑުވާލާ ސަރުކާރަކީ ހަގީގަތާއި ކުރިމަތިލުމުގެ ހިތްވަރު ގެއްލިފައިވާ ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގައުމު ކުރިމަތިލާންޖެހިފައިވާ ހީނަރުކަން ރަނގަޅުކުރުމުގެ ބަދަލުގައި، އެމީހުން ( ސަރުކާރުން) މަސައްކަތް ކުރަނީ އެމީހުން ޖަވާބުދާރީކުރުވާ އަޑުތައް ހިމޭންކުރުމަށް" ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީޑިއާގެ އަނގަ ބަންދުކުރަން މަސައްކަތްކުރި އެއްވެސް ސަރުކާރެއްގެ ނިމުން ރަނގަޅުވެފައި ނުވާކަމަށް ތާރީހު ސާފުކޮށް ދައްކައިދޭ ކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.
މިނިވަން މީޑިއާއާއި، ޑިމޮކްރަސީއަށް ތަބާވާ ކޮންމެ ދިވެއްސަކާއެކު ވަކިވެގެން އެމްޑީޕީ މެންބަރުން ތިބޭނެކަމަށް ވެސް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބާރުގެ ބޭނުންކޮށްގެން މީޑިއާ ކޮންޓްރޯލް ބިލް ފާސްކޮށްފައެވެ،