މަދީނާއިން ހައްޖު ސީޒަނުގެ ތައްޔާރީތައް ނިންމާލައިފި

މަދީނާއިން ހައްޖު ސީޒަނުގެ ތައްޔާރީތައް ނިންމާލައިފި

2023 ވަނަ އަހަރުގެ ހައްޖު ސީޒަނުނައި ހައްޖުވެރިންނަށް ވީހާވެސް ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި މަދީނާގެ ކަމާބެހޭ ފަރާތްތަކުން އޮޕަރޭޝަނަލް ޕްލޭން ލޯންޗުކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތް ތަކުން ބުނެފިއެވެ.

މަދީނާ މުނިސިޕަލްޓީން ބުނެފައި ވަނީ މި އޮޕަރޭޝަންލް ޕްލޭންގެ ދަށުން މާކެޓްތަކާއި ވިޔަފާރި މަރުކަޒުތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ކޭޓަރިން ބަދިގެތައް މޮނިޓަރކޮށް ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަން ކޮންޓްރޯލްކޮށް ރަނގަޅު ކުރުމަށް އެހީތެރިވުމަށް 9900 އަށް ވުރެ ގިނަ މީހުން ވަޒީފާއަށް ނެރެ 800 އަށް ވުރެ ގިނަ ސާމާނު ފޯރުކޮށްދީފައި ވާނޭ ކަމަށެވެ.

 އަދި މަތީ ފެންވަރުގެ ސާފުތާހިރުކަމާއި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހައިވޭތަކުގައި ހުންނަ ގޭސް ސްޓޭޝަންތަކާއި ސާވިސް ސެންޓަރުތަކުގެ އިތުރުން ބޯކޮށާ ތަންތަނާއި ބިއުޓީ ސެލޫންތަކާއި މަގުމަތީގައި ވިޔަފާރިކުރާ ފަރާތްތައް މޮނިޓަރކޮށް މެދުނުކެނޑި ސާފުކުރުމުގެ ގޮތުން ސްޓިރިލައިޒް ކުރުމުންވެސް ހިމެނޭނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނަނީ އެމީހުންގެ އޮޕަރޭޝަނަލް ޕްލޭންސްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ސިޓީ ސެންޓަރާއި މީހުން ދިރިއުޅޭ އަވަށްތަކާއި މިސްކިތްތަކާއި އެތަންތަނުގެ ވަށައިގެންވާ ސަރަހައްދުތަކާއި ތާރީހީ އިސްލާމީ ތަންތަނާއި މާރުކޭޓް ތަކަށެވެ.