ސޫދާނުގައި ތިބި ޑިޕްލޮމެޓުން ސޫދާނުން ފޮނުވާދެނީ

ޑިޕްލޮމެޓުން އަސްކަރީ ބޯޓުތަކުގައި ބޭރަށް ގެންގޮސްދެނީ ސޫދާނުގެ އަސްކަރިއްޔާ

ސޫދާނުގައި ތިބި ޑިޕްލޮމެޓުން ސޫދާނުން ފޮނުވާދެނީ

އިނގިރޭސިވިލާތް، ޗައިނާ އަދި ފަރަންސޭސިވިލާތު ޑިޕްލޮމެޓުން އަސްކަރީ މަތިންދާބޯޓު ތަކުގައި ސޫދާނުން ބޭރަށް ގެންދިއުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސޫދާނުގެ އަސްކަރިއްޔާ (އެސްއޭއެފް) އިން ބުނެފިއެވެ.

އަސްކަރިއްޔާގެ ވެރިޔާ އަބްދުލް ފައްތާހު އަލް ބުރުހާން ވިދާޅުވީ ބައެއް ގައުމުތަކުގެ ވެރިންނާ ވާހަކަ ދައްކައި، އެ ގައުމުތަކުގެ ރައްޔިތުން ރައްކާތެރިކަމާއެކު ސޫދަނުން ބޭލުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ވެރިރަށް ޚަރްތޫމްގެ މައި ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ބޮޑެތި ހަމަލާތަކެއް އަމާޒުވެފައިވާތީ އެކަމަށް  އަސްކަރީ މަތިންދާބޯޓުތައް ބޭނުންވާނެ ކަމަށްވެއެވެ.

ގަލްފުގެ ކުޑަ ކުޑަ ގައުމެއް ކަމަށްވާ ޖިބޫޓީގައި ހުންނަ ކަނޑުގެ އަސްކަރީ މަރުކަޒަކަށް އިތުރު ސިފައިން ގެންދަނީ އެމެރިކާ އެމްބަސީގެ ސިފައިން ގެނައުމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ޕެންޓަގަން އިން ބުނެއެވެ.

ސޫދާނުގައި ހަނގުރާމަ ފެށި ފަހުން މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ. އެސްއޭއެފް އާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން ވެސް ހަނގުރާމަ ހުއްޓާލިކަން އިއުލާނުކުރި ނަމަވެސް މަގުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި ވައިގެ ހަމަލާތަކާއި ވަރުގަދަ އާޓިލަރީ ބަޑީގެ ހަމަލާތައް އަދިވެސް ދަނީ ހިނގަމުންނެވެ.