އަނެއްކަާވެސް ދޯންޏެއް ބަންޑުން ޖަހާލައިގެން މަރުތަކެއް
މަރުވެފައިވަނީ 13 އަންހެން ކުދިންނާއި 2 ފިރިހެން ކުދިން
ނައިޖީރިއާގެ ހުޅަނގު އުތުރުގައި ދޯންޏެއް ބަންޑުން ޖަހާލައިގެން 15 ކުޑަކުދިން ގެބިގެން މަރުވެފައިވާ ކަމަށް ފުލުހުން ބުދަ ދުވަހު ބުނެފިއެވެ.
މައުލޫމާތު ލިބޭގޮތުން މި ހާދިސާ މެދުވެރިވީ އަންގާރަ ދުވަހު މިކުދިން އާންމުދަނީ ހޯދުމަށް ދަރުހޮވަން ދަނިކޮށް، ދަތުރުކުރަމުން ދިޔަ ބޯޓު ހިސާބަށް ވުރެ ބަރުވެގެންގޮސް ކޯރެއްގެ މެދަށް ބަންޑުން ޖަހާއިލުމާއި ގުޅިގެންނެވެ. މި ކުދިން ދަރުހޮވަން ދަނީ ކޯރުގެ އަނެއްފަޅީގަ އޮންނަ ޖަންގައްޔަށެވެ.
މި ހާދިސާ ހިނގި ގަޑީގަ އެ ދޯނީގައި 40 ކުދިން ތިބި ކަމަށް ހަބަރުތައް ލިބެއެވެ. މީގެ ތެރެއިން 25 ކުދިން އަދިވެސް ވަނީ ހޯދާނުފެނިފައެވެ. މަރުވެފައިވަނީ 13 އަންހެންކުދިންނާއި 2 ފިރިހެން ކުދިންނެވެ.
ބޯޓުތައް ބަންޑުން ޖެހުމަކީ ނައިޖީރިއާގެ ގިނަ ކޯރު ސަރަހައްދު ތަކުގައި ވަރަށް ވެސް އާންމު ކަމެކެވެ. އެ ހިސާބުގައި ދިރި އުޅޭ މީހުނަށް ދަތުރުފަތުރުގެ މައިގަނޑު ވަސީލަތަކަށް ވެފައި ވަނީ އެމީހުން އަމިއްލިޔަށް އުފައްދާ ދޯނިތަކެވެ. އެހެން ކަމުން އެފަދަ ދޯނި ތަކަކީ ގަވާއިދުން ސަލާމަތީ ކަންކަން ބަލަހައްޓާ ބޯޓު ތަކެއްނޫނެވެ. ނަތިޖާއަކަށް ވެގެން ދަނީ ފުރާނަޔަށް ނުރައްކާ ވާކަހަލަ ބިރުވެރި ހާދިސާތައް ކުރިމަތިވުމެވެ.