މިޞްރުން ގަދީމީ ވޯކްޝޮޕްތަކާއި، މަހާނަތަކެއް
މިސްރުގެ އާސާރީ ތަކެއްޗާބެހޭ ފަރާތްތަކުން ވަނީ ހޮނިހިރު ދުވަހު ދާދި ފަހުން ވެރިރަށް ޤާހިރާގެ ބޭރުގައި ހުންނަ ފިރުޢައުނުގެ ނެކްރޮޕޮލިސްއަކުން ފެނުނު ގަދީމީ ވޯކްޝޮޕްތަކާއި މަހާނަތަކެއް ދައްކާލާފައެވެ.
މި އާސާރީ ތަކެތި ފެނިފައިވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ސަރަހައްދު ކަމަށްވާ މިސްރުގެ ގަދީމީ ވެރިރަށް މެމްފިސްގެ ބައެއް ކަމަށްވާ ސަކާރާގެ ނެކްރޮޕޮލިސް އިންނެވެ.
ސުޕްރީމް ކައުންސިލް އޮފް އެންޓިކިއުޓީސްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވަނީ މި ވޯކްޝޮޕްތައް އޭރުގެ މީހުން ބޭނުން ކުރަމުން އައިސްފައި ވަނީ އިންސާނުންނާއި މުޤައްދަސް ޖަނަވާރުތައް މަމިފައި ކުރުމައްކަމަށެވެ. އެއީ 30 ވަނަ ފިރުއައުނީ ދަރިކޮޅު (މީލާދީން 380 އިން މީލާދީން 343) އާއި ޓޮލެމިކް ޒަމާނު (މީލާދީން 305 އިން މީލާދީން 30) ގައި މަސައްކަތް ކުރަމުން އައިސްފައިވާ ތަނެކެވެ.
ވޯކްޝޮޕްތަކުގެ ތެރެއިން އާކިއޮލޮޖިސްޓުންނަށް މަށިން ހަދާފަހުރި ތަށިތަކާއި މަމިފިކޭޝަންގައި ބޭނުންކުރި ކަމަށް ބެލެވޭ ތަކެތީގެ އިތުރުން އަޅުކަން ކުރުމަށް ބޭނުން ކުރަމުން ދިޔަ ތަކެތިވެސް ފެނިފައިވެއެވެ.
ފާއިތުވި އަހަރުތަކުގައި މިސްރުގެ ސަރުކާރުން ވަނީ އާސާރީ ހޯދުންތައް ބައިނަލްއަގްވާމީ މީޑިއާތަކާއި ޑިޕްލޮމެޓުންނަށް ވަރަށް ބޮޑަށް ޕްރޮމޯޓްކޮށްފައެވެ.