ފައްޔާޒުގެ އިސްލާހީ ހުށަހެޅުންތައް އުންމީދު އައުކޮށްދޭ

ފައްޔާޒުގެ އިސްލާހީ ހުށަހެޅުންތައް އުންމީދު އައުކޮށްދޭ

ރާއްޖެއަށް އައިސްފައިވާނަމަ އައި އިސްލާހީ ހެޔޮ ބަދަލެއް ގެނައީ އެމްޑީޕީންނެވެ. މައުމޫނު ވެރިކަމުގައި ސިޔާސީ އިސްލާހަށް ހުޅުވާލަން މަޖުބޫރުވީވެސް އެމްޑީޕީގެ ސަބަބުންނެވެ. މައުމޫނު ދިންހާ ދުލެއް ދޭން މަޖުބުރުވީ އެމްޑީޕީއާއި ހުރެއެވެ. މައުމޫނު ވެރިކަމުގައި ރައްޔިތުންނަށް ލިބުނު ލުޔެއްލިބުނީ އެމްޑީޕީގެ ޕްރެޝަރުންނެވެ. 

ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީ ވުމުގެ މާކުރިން އެމްޑީޕީ އުފަންވެ ހަރަކާތްތައް ހިނގަމުން ދިޔައެވެ. ސިޔާސީ ކިތަންމެ ޕާޓީއެއް އުފެދި އުވެމުން ދިޔަސް އެމްޑީޕީ ދެމިއޮންނަނީ ތަރައްގިއާއި އިސްލާހާއި ޑިމޮކްރަސީގެ އެކުވި ނަމަކީ އެމްޑީޕީކަމުގައި ވުމުންނެވެ. 

އައު ވިސްނުމާއި ހެޔޮ ބަދަލާ ގެންނަން ދަންނަ ބަޔަކީ އެމްޑީޕީއެވެ. އިސްލާހާއި ތަރައްގީއާއި ޑިމޮކްރަސީގެ ވިސްނުން ހުރި ކޮންމެ މީހަކަށް ހަމަހަމަ ފުރުސަތު އޮތް ތަނަކީ އެމްޑީޕީއެވެ. ކުރީން ކޮންމެ ފިކުރެއްގައި ކޮންމެ މީހެއްގެ ވަށައިގެން އެނބުރިފައި އައިސް ހުއްޓަސް އެމްޑީޕީ މަރުހަބާ ކިޔައެވެ. އެމްޑިޕީއާއި ގުޅިލާމެހިގެން ހެޔޮނިޔަތުގައި މަސައްކަތް ކުރާ ކޮންމެ މީހަކަށްވެސް އެމްޑީޕީގެ ކުރިބޯއްޓަށްވެސް ވާސިލުވުމަށް ޖާގައޮވެއެވެ. މިސާލުތައް ބައިވަރު އެހެރީ ފެންނާށެވެ. 

ހަމަތެދެކެވެ. އޮތްހާލަތުން ރަނގަޅު އެހެން ހާލަތަކަށް ގައުމު ބަދަލުކޮށްލުމުގެ ވިސްނުން އަބަދުވެސް އުފަންވަނީ އެމްޑިޕީގެ ތެރެއިންނެވެ. ދެބަސްވެވެން ނެތް ހަގީގަތަކީ އެއީއެވެ.

ޗެއަރޕާސަން ފައްޔާޒު އިސްމާއިލުގެ އިސްލާހީ ހުށަހެޅުންތަކަށް ބަލާލުމުންވެސް އައުކޮށްދެނީ އުންމީދެވެ. އެއްވާނަކަށް އެންމެން ނިކުމެ އެބަދަލުތައް ގެނައުމަށް މުޅި އެމްޑީޕީ އަތުގުޅާ ނުލާންވީ އެއްވެސް ސަބަބެއް ނެތެވެ.