ހައްޖައަށް ކުރެވޭނެ - ކުރާނެ - ކުރުވާނެ!

އެމްޑީޕީ މައްޗަންގޯޅި އުތުރުދާއިރާގެ ރައީސްކަމަށް ހައްޖަ

ހައްޖައަށް ކުރެވޭނެ - ކުރާނެ - ކުރުވާނެ!

ހައްޖަ (ހަދިޖާ މުހައްމަދު) ގެ ޕާޓީއަކީ އެމްޑީޕީއެވެ. ހައްޖަ އެންމެ ފުރަތަމަ ގުޅުނީވެސް އެމްޑީޕީއާއެވެ. އެމްޑީޕީ ދެމިއޮތްހާ ހިނދަކު ހައްޖަ އެހެން ޕާޓީއަކުން ނުފެންނާނެއެވެ. އެއީ އެމްޑީޕީ ހައްޖައެވެ. 

ތެދެކެވެ. ހައްޖައަކީ ހަގީގީ އެމްޑީޕީ މީހެކެވެ. އެމްޑީޕީއަކީ ރައްޔިތުންގެ ހެވާ ލާބަޔަށް އެންމެ ބޮޑަށް މަސައްކަތްކުރާ ޕާޓީއެވެ. އެމްޑީޕީއާއި ނުލާ ރާއްޖޭގައި ޑިމޮކްރަސީއާއި އިންސާނީ ހައްގަކީ ދެމިއޮންނާނެ އެއްޗެއް ނޫނެވެ. 

އެމްޑިޕީގެ ސަފުތައް ބަދަހިކޮށް އޮތުމަކީ ހައްޖަ އެންމެ ބޭނުންވާ ކަންތަކެވެ. ހައްޖަ މިއަދު އެ ނިކުންނަނީ އެ މަސައްކަތަށެވެ. މައްޗަންގޯޅި އުތުރު ދައިރާގައި އެމްޑީޕީގެ ސަފުތައް ވަރުގަދައަށް ރުކުރުވާލުމަށެވެ. ބައިބައިވުންތައް ނައްތަލާ އެއްބައިވަންތަކަން އިތުރު ކުރުމަށެވެ.

ހައްޖަގެ އަޒުމަކީ މައްޗަންގޮޅީ އުތުރު ދައިރާގައި އެމްޑީޕީގެ މެމްބަރޝިޕް އިތުރު ކުރުމެވެ. މައްޗަންގޯޅި އުތުރު އެމްޑީޕީގެ ރަންރީދޫ ކުލައިން ފަވާލުމެވެ. ހައްޖަ ނިކުންނަނީ މައްޗަށްގޯޅި އުތުރަކީ އެމްޑީޕީގެ އަޑުން ގުގުމާ ދާއިރާއަކަށް ހެދުމުގެ ނިޔަތުގައެވެ. އިހުލާސްތެރިކަމާ ތެދުވެރި ކަމާއެކުގައެވެ. ދާއިރާގެ މެންބަރުންގެ އިހުސާސްތައް ދެނެގަނެ ހައްގުތައް ކަށަވަރު ކޮށްދިނުމަށެވެ. 

ހައްޖަދޭ އެންމެ ބޮޑު ޔަގީންކަމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި އުފުލިގެން ދާނީ މައްޗަންގޯޅި އުތުރުގެ އަޑުކަމެވެ. ގައުމީ މަޖިލީހުގައި މައްޗަންގޯޅި އުތުރުގެ އަޑު އުފުލާ ދިނުމަށް ހައްޖަ ހުރީ ތައްޔާރަށެވެ. ފައްކާ ވެފައެވެ. ދާއިރާގެ އެމްޑީޕީ މެންބަރުން ކޮށްދެއްވަން ވީހާވެސް ކަމަކީ ހައްޖައަށް އެ ފުރުސަތު ހޯދާދެއްވުމެވެ. މައްޗަންގޯޅި އުތުރު ދައިރާގެ ރައީސް ކަމަށް ހައްޖަ ހޮއްވަވާ ދެއްވުމެވެ. ދެން ހުރި ކަންކަން ހައްޖައަށް ދޫކޮށްލައްވާށެވެ. 

ދާއިރާގެ އަޑު ހައްޖައަށް އިވޭނެއެވެ. އިއްވާނެއެވެ. ހައްޖައަށް ކުރެވޭނެއެވެ. ކުރާނެއެވެ. ކުރުވާނެއެވެ.