ގިނަ ތަރިންގެ ތައުރީފާއި ހިތްވަރު ހީނާ ހާނަށް!

މަޝްހޫރު ބަތަލާ ހިނާހާނަށް ސްޓޭޖް ތިނެއްގެ އުރަމަތީގެ ކެންސަރު ވަނީ ޖެހިފައި

ގިނަ ތަރިންގެ ތައުރީފާއި ހިތްވަރު ހީނާ ހާނަށް!

މަޝްހޫރު ބަތަލާ ހިނާ ހާނަށް ސްޓޭޖް ތިނެއްގެ އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ޑައިގްނޯސް ކުރެވުނީއްސުރެ އޭނާ ދަނީ ގޮންޖެހުން ބޮޑު މަރުހަލާއެއް ތަހައްމަލު ކުރަމުންނެވެ.

ނަމަވެސް ހިނާ އެ ހުރިހާ ކަމަކާ ކުރިމަތިލީ ވަރަށް ހިތްވަރާއި އެކުއެވެ. ދާދި ފަހުން އޭނާ ވަނީ ކެންސަރު ފަރުވާގެ ސަބަބުން އިސްތަށި ފައިބަން ފެށުމުގެ ކުރިން އިސްތަށިގަނޑު ކޮށާލާފައެވެ.

ޖުލައި 4 ވަނަ ދުވަހު ހިނާ ހާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ވަނީ އޭނާގެ އިސްތަށިގަނޑު ކޮށާފައެވެ. ބަތަލާ އާއި އޭނާގެ މަންމަގެ އެ އަސަރުގަދަ ވީޑިއޯއިންވެސް ހިނާގެ ހިތްވަރު ގަދަކަން ސާފުކޮށް ފެންނަން ހުއްޓެވެ. ކޮމެންޓް ސެކްޝަންގައި ހިނާގެ ގިނަ ރައްޓެހިންނާއި އިންޑަސްޓްރީގެ އެކުވެރިން އޭނާއަށް ލޯތްބާއި ހެޔޮއެދުންތައް ފޮނުވައި، އޭނާގެ ބަލި ރަނގަޅުވާނެކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެއެވެ.

އެއާއެކު، ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝިލްޕާ ޝެޓީ، ބޫމީ ޕެޑްނޭކާރު، މުރުނާލް ތާކޫރު، އަދި އެހެނިހެން ފަރާތްތަކުން އޭނާއަށް ހަމްދަރުދީ އާއި  ހެޔޮއެދުންތައް ފޮނުވާ ހިތްވަރު ދީފައިވެއެވެ.