ވިދްޔާ ބާލަން އެނބުރި ބޮޑު ސްކްރީނަށް

ވިދްޔާ ބާލަން އެނބުރި ބޮޑު ސްކްރީނަށް

މިޝަން މަންގަލްއަށް ފަހު ހަތަރު އަހަރު ފަހުން އެކްޓަރު ވިދްޔާ ބާލަން އަނެއްކާ ވެސް ބޮޑު ސްކްރީނަށް އެބަ އާދެއެވެ. އަންނަން ހަމަޖެހިފައިވަނީ އޭނާގެ އެންމެ ފަހުގެ ފީޗާ "ނީޔަތު" އާ އެކުގައެވެ. މަރުގެ މިސްޓަރީގައި ފެނިގެންދާނީ ޝަކުންތަލާ ދޭވީގެ ޓީމު ޑައިރެކްޓަރު އަނޫ މެނޯންއާއި ގުޅިގެން ފިލްމުގެ ލީޑް ކުރާތަނެވެ.

"ހޫޑަންނިޓް"ގެ ގޮތުގައި ބިލްކޮށްފައިވާ ނީޔަތުގަ ކިޔައިދެނީ ބިލިއަނަރެއްގެ ޕާޓީއެއްގައި އެއްވެސް ކަމެއް ކުރިހެން ހީނުވާ ގޮތަށް ސިއްރުން މަރުގެ މައްސަލަތައް ތަހުގީގުކުރާ ބަލާން ކުޅޭ ޑިޓެކްޓިވްއެއްގެ ގްރިޕިން ސަސްޕެންސް ވާހަކައެކެވެ.

މި ފިލްމުގައި ރާމް ކަޕޫރާއި ރާހުލް ބޯސް އާއި ނީރާޖް ކަބީ އާއި ޝަހާނާ ގޮސްވާމީ އާއި އަމްރިތާ ޕޫރީ އާއި ދިޕަނީތާ ޝަރްމާ އާއި ނިކީ ވާލިއާ އާއި ޝަޝަންކް އަރޯރާ އާއި ޕްރަޖަކްތާ ކޯލީ އަދި ދާނޭޝް ރަޒްވީ ވެސް ފެނިގެންދާނެއެވެ.

ޖުލައި 7 ގައި ސިނަމާ ތަކަށް ރިލީޒް ކުރާ މި ފިލްމު ނީޔަތު ތައްޔާރުކޮށްފައި ވަނީ އަނޫ މެނޯން، ޕްރިޔާ ވެންކަޓަރަމަން، އަދުވައިތާ ކާލާ އަދި ގިރްވާނީ ދިޔާނީ އާއި އެކު ކައުސަރ މުނީރުގެ ޑައިލޮގްތަކާއެކުގައެވެ.