ސިޔާސީންގެ މުށުތެރޭގައި ގަވަރުނަރު ނުހުންނަޥާ: ޝާހިދު

ސިޔާސީންގެ މުށުތެރޭގައި ގަވަރުނަރު ނުހުންނަޥާ: ޝާހިދު

ކުރީގެ ހާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވާ ގޮތުގައި ޑޮލަރުގެ އަގު ދިވެހި ތާރީހުގައިވެސް އުފުލިގެން ނުދާ މިންވަރަށް އުފުލިއްޖެއެވެ.

ރައްޔިތުންގެ އަތްމަތި ދަތިވެ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަ ޖެހިއްޖެކަމަށް ޝާހިދު ވިދާޅުވިއެވެ. ގައުމު މިދަނީ އިގްތިސޯދީ އަނދަވަޅަކަށް ވެއްޓެމުން ކަމަށާއި ގައުމު މިދަނީ ބަގުރޫޓު ވަމުން ކަމަށް އެމްޑިޕީގެ ރައީސް ވިދާޅުވިއެވެ. 

ރައްޔިތުން ހާލުގައި ޖެހި, އިޤްތިޞާދީ ބޮޑު ކާރިސާއެއް ބޯމަތިވަމުން ދާއިރުވެސް އެމްއެމްއޭގެ ގަވަރުނަރު ހަނު ހުންނެވެމަކީ ގައިރު ޒިންމާދާރު އަމަލެއް ކަމަށްވެސް ޝާހިދު ވިދާޅުވެއެވެ. އެއީ ވަރަށް ބޮޑު އިހުމާލެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވެއެވެ.

މިޙާލަތުގައި, ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވާ, ގަވަރުނަރު މަޤާމުގެ ޒިންމާ ފުރިހަމަޔަށް އަދާކުރެއްވުމަށް އެމްޑީޕީގެ ރައީސް ގޮވާލައްވައެވެ. ގައުމު ބަގުރޫޓުވެގެން ދިޔަ ނުދިނުމަށް އެމްއެމްއޭއިން އަޅުއްވާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށްވެސް ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ގޮވާލައްވަފައިވެއެވެ.