ލޯނު ނަގައިގެން އެމްޑީޕީ ސަރުކާރުން ކުރީކީއް!
ޔާމީންގެ ވެރިކަމުން ވާރުތަވި ދަރަނިން 13 ބިލިއަން އެމްޑީޕީ ސަރުކާރުން ދެއްކި
ދުނިޔޭގެ ރޭޓިންގ އެޖެންސީތަކަށާއި އިންވެސްޓަރުންނަށް އެމްޑީޕީ ސަރުކާރަށް އިތުބާރުއޮތެވެ. ޕިޗާއި މޫޑީސް ފަދަ ރޭޓީންގ އެޖެންސީތަކުން ރާއްޖެ ރޭޓްކޮށްފައި އޮތީ ބީމައިނަސްގައެވެ. އެހެންނަމަވެސް މުއިއްޒު ސަރުކާރުގެ 7 މަހުގެތެރޭގައި ރޭޓިންގ ދަށްވެގެން ގޮސް ބަނގުރޫޓްވުމުގެ ސިގްނަލް އެއޮތީ ދީފައެވެ.
ރާއްޖެ މިހާލަތަށް ވައްޓާލީ އެމްޑީޕީ ސަރުކާރުން ކަމަށްބުނެ މުއިއްޒު ސަރުކާރުން ރައްޔިތުންނަށް ވިސްނާދޭން ހޭނުބަހައްޓާ މަސައްކަތް ކުރަމުން ދަނީއެވެ. އެހެން ނަމަވެސް ހަގީގަތަކީ ކޮބައިކަން އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު ވަރަށްވެސް ތަފްސީލްކޮށް ދެއްވައިފިއެވެ. އެމްޑީޕީ ސަރުކާރުން ލޯނު ނަގަން ޖެހުނީ އެނޫން ގޮތެއް ނެތިގެންނެވެ. ރާއްޖެއަށް ލޯނު ނަގައިގެން ކުރީ ކީއްކަން ވަރަށް ވަރަށް ބޮޑަށް ސާފުކޮށް ދެއްވައިފިއެވެ.
އެމްޑީޕީން ރާއްޖޭގެ ކްރެޑިޓް ރޭޓިން ބޭރުގެ އިދާރާތައް ގަބޫލުކުރާ ފެންވަރުގައި ދެމެހެއްޓިއެވެ. ކޮވިޑަށް ފަހު އެންމެ އަވަހަށް އިގުތިސޯދު ކުރިއެރި ދިހަ ގައުމުން އެއް ގައުމަށް ރާއްޖެ ވެގެންދިޔައެވެ.
އެމްޑީޕީ ވެރިކަށް އައި އިރު ރައީސް ޔާމީންގެ ވެރިކަމުން ވާރުތަކުރި ދަރަނީގެ ތެރެއިން ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ދަރަނި ދެއްކިއެވެ. ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ އައި އިރު ރާއްޖޭގެ ދަރަންޏަށް އޮތް އެންމެ ބޮޑު ދަރަނީގެ ހިރާހަކީ ސަނީ ސައިޑް ބޮންޑެވެ. 2022 ވަނަ އަހަރު ދައްކަން ޖެހުނު ސަނީ ސައިޑް ބޮންޑު ރީފައިނޭންސް ކުރިއެވެ.
ހަގީގަތަކީ ކޮވިޑްގެ ބަލިމަޑު ކަމާއެކު އެމްޑީޕީ ވެރިކަމުގެ ފަސް އަހަރު ތެރޭ 24 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރިއެވެ.
ސަރުކާރުން ނެގިލޯނުތައް މެނޭޖުކުރިގޮތް:
- ކޮވިޑު މެނޭޖު ކުރުމަށް - 19 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް - 13.2 ބިލިއަން ރުފިޔާ
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް - 6.9 ބިލިއަން ރުފިޔާ
- ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް - 5.7 ބިލިއަން ރުފިޔާ
- ޔާމީން ސަރުކާރުން ނެގި 250 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުމަށް - 3.9 ބިލިއަން ރުފިޔާ
- ތިލަމާލެ ބްރިޖު, ވޭސްޓް މެނޭޖުމަންޓު އަދި ގުޅީފަޅު ހިއްކަން - 2.5 ބިލިއަން ރުފިޔާ
- ފަހި ދިރިއުޅުން ކޯޕަރޭޝަންގެ 4,000 ހައުސިން ޔުނިޓު - 1.9 ބިލިއަން ރުފިޔާ
- ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓު - 1.7 ބިލިއަން ރުފިޔާ