މިސްރާބު ހުރީ ސިއްރުވެރި ދައުލަތަކާ ދިމާއަށް:ފައްޔާޒު

ސަރުކާރުން މަލީނިޒާމު އެތައް އަހަރެއް ފަހަތަށް ވައްޓާލަނީ

މިސްރާބު ހުރީ ސިއްރުވެރި ދައުލަތަކާ ދިމާއަށް:ފައްޔާޒު

ބޭންކުތަކުގެ ބޯރޑްތަކަށް ސިޔާސީ މީހުން އައްޔަނު ކުރެވޭގޮތަށް ޑރ. މުއިއްޒު ސަރުކާރުން ގަވާއިދަށް ގެނައިބަދަލު އެމްޑީޕީގެ ޗެއަރޕާސަން ކުށްވެރިކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒާ ފައްޔާޒު އިސްމާއީލް ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން މި ގޮތަށް މިކަން ނުކުރީ މާލީ ނިޒާމުގެ އިންޓެގްރިޓީ ހިފެހެއްޓުމަށެވެ. މި ސަރުކާރުން މިފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރުކަމަށް ފައްޔާޒު ވިދާޅުވެއެވެ.

ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް ސިއްރުވެރި ދައުލަތެއް ޤާއިމު ކުރުމަށް މިސްރާބު ޖަހާފައި ހުރިކަމަށް ފައްޔާޒު ތުހުމަތު ކުރައްވައެވެ.

ސަރުކާރުގެ މި އަމަލަކީ އެތެރެއާއި ބޭރުގެ ލެންޑަރުންނާއި އިންވެސްޓަރުންގެ ކޮންފިޑެންސަށް އަނެއްކާވެސް ނޭދެވޭ އަސަރު ކުރާނެ ސިޔާސަތު ތަކެއް ކަމަށް ފާހަގަ ކުރައްވާ އެމްޑީޕީގެ ޗެއަރޕާސަން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ދުޅެހެޔޮ އިގުތިސާދެއް ބިނާކުރުމަށް ކަންކަން ހާމަކުރަން ކެރެން ޖެހޭނެ ކަމަށާއި އަދި އެ ގޮތަށް ހާމަކުރާ ހާމަކުރުމުން އަންނަ ފާޑުކިޔުންތައް އަޑު އެހުމުގެ ޤާބިލުކަން ސަރުކާރުގައި ހުރުން ވަރަށް މުހިންމު ކަމަށް ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.