އެލްޖިއޭ އިންތިހާބުން އެނގުނީ އެލްޖިއޭއަށް އިތުބާރު ނުކުރާކަން
ގޮނޑިކޮއްކޮ އެލްޖިއޭ ކައުންސިލަރުންނަށް މުހިއްމެއްނޫން
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް އައްޔަން ކުރާ މެމްބަރުން ކަނޑައެޅުމަށް ބޭއްވި އިންތިހާބުގެ ނަތީޖާއިން ފެންނަނީ ސަރުކާރު ފޭލިވެއްޖެކަމެވެ. ސަރުކާރުން ގެންނަމުންދާ ބަދަލުތަކުން ލާމަރުކަޒީ ނިޒާމަށް އިތުބާރު ގެއްލިފައިވާކަމެވެ.
އެލްޖީއޭގެ އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ސަރުކާރުން ރައްޔިތުންނާ ގާތުން، ހިދުމަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި ކުރަމުންދާ ކަންތައްތަކުގެ އަގު ކައުންސިލަރުން ވަޒަން ކުރަމުންދާ ކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހީފުޅުވީތާއެވެ. އެކަމާ އުފާފާޅުކޮށް މަރުހަބާ ވިދާޅުވިޔަސް އެހެން އެކަން ނުވާކަން ރައީސަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.
ރަންކޮޅާއެވެ. އެލްޖީއޭ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 807 މީހުނަށް ލިބިގެންވެއެވެ. އެ ހުރިހާ އެންމެންގެ ތެރެއިން އިންތިޙާބުގައި ވޯޓްލީ އެންމެ 544 މީހުންނެެވެ.
އަނެއްކޮޅުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ތެރެއިން ވޯޓު ލާފައި ވަނީ 162 މީހުންނެވެ. ޢެހެންކަމުން ވޯޓްގެ ޓާންއައުޓު ހޔރިގޮތުން އެލްޖީއެއަށް އިތުބާރު ނުކުރާވަރު ކިތަންމެހާވެސް ރަގަޅަށް ސާފުވެއެވެ. މުއިއްޒުގެ ގޮނޑިކޮއްކޮ އެލްޖީއޭއަށް ކައުންސިލަރުންގެ އެއްވެސް އިތުބާރެއް ނެތެވެ.




