ސްޓެލްކޯ: އައު އަހަރުގެ ތަހުނިޔާ

އައު އަހަރަކީ ހުރިހާ ގޮތަކުން ވެސް ބާއްޖަވެރި އުފާފާގަތި އަހަރެއް

ސްޓެލްކޯ: އައު އަހަރުގެ ތަހުނިޔާ

މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ސްޓެލްކޯއިން އެންމެހާ ކަސްޓަމަރުންނަށާއި، އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކޮށްފިއެވެ. ސްޓެލްކޯއިން އައު އަހަރުގެ ތަހުނިޔާ ފޮނުވާފައިވަނީ އެކުންފުނިން ކުރި ޓްވީތްއަކުންނެވެ.

ސްޓެލްކޯގެ ދުއާ އަކީ މި ފެށޭ އައު އަހަރަކީ ހުރިހާ ގޮތަކުން ވެސް ބާއްޖަވެރި އަދި އުފާފާގަތި އަހަރަކަށް ވެގެންދިއުމެވެ. 

ސްޓެލްކޯއަކީ ގްރޭޓް މަލޭ އޭރިއާއަށް ކަރަންޓްގެ ހިދުމަތް ފޯރު ކޮށް ދިނުމާއި މާލެއަތޮޅާއި އަރިއަތޮޅާއި ފެލިދެއަތޮޅުގެ ހުރިހާ ރަށަކަށް ފެނާ ނަރުދަމާއާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުންޏެވެ. އިޖުތިމާއީ ޒިންމާގެ ދަށުން އިހުތިސާސްގައިވާ ރަށްރަށުގެ އެހެނިހެން ހިދުމަތްތައް ދިނުމުގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް ބޮޑެވެ.