ކާމިޔާބު ޕްރައިމަރީއެއް - 40 ޓިކެޓް ކަށަވަރު

ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް ވަރަށް ބޮޑަށް މަރުހަބާ: ފައްޔާޒު

ކާމިޔާބު ޕްރައިމަރީއެއް - 40 ޓިކެޓް ކަށަވަރު

ޑިމޮކްރެޓިކް ފުރިހަމަ ހަރަކާތެއް އެމްޑީޕީ އިއްޔެ ހިންގާ ނިންމާލީ ވަރަށް ސުލްހަވެރިކޮށެވެ. އެމްޑީޕީން އިއްޔެ ބޭއްވީ ވަރަށް ކާމިޔާބު ޕްރައިމަރީއެކެވެ. އެކަމަށްޓަކާ އެމްޑީޕީގެ ޗެއަރޕަރސަން އަލްއުސްތަޒު ފައްޔާޒު އިސްމާއީލް ވަނީ އެ ޕާޓީގެ އެންމެހާ މެންބަރުންނަށް ޝުކުރު އަދާކުރައްވަފައެވެ. އެމްޑީޕީގެ ޕާޓީ ޓިކެޓު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް ފައްޔާޒު ވަރަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ޕާޓީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ ޕްރައިމަރީ އޮތް 40 ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ބޭފުޅުންނަކީ:

  1. ބާރަށު ދާއިރާ: އަލީ އަސްގަރު
  2. ކެލާ ދާއިރާ: އަހުމަދު ގާލިބު
  3. ހަނިމާދޫ ދާއިރާ: އަބްދުލްޣަފޫރު މޫސާ
  4. ނޮޅިވަރަމް ދާއިރާ: އަލީ އަބްދުލް ރަހުމާން
  5. ކުޅުދުއްފުށި ދެކުނު ދާއިރާ: އަލީ ވަހީދު
  6. ކޮމަންޑޫ ދާއިރާ: މުހައްމަދު ސިނާން
  7. ކެނދިކުޅުދޫ ދާއިރާ: އަބްދުﷲ ޝަހީދު
  8. މަނަދޫ ދާއިރާ: އަހުމަދު ހާރޫނު
  9. ވެލިދޫ ދާއިރާ: މުހައްމަދު އަބްދުﷲ ޝަފީގު
  10. އަލިފުށި ދާއިރާ: މުހައްމަދު ރަޝީދު ހުސައިން
  11. އުނގޫފާރު ދާއިރާ: އިބްރާހީމް ޝިޔާމް
  12. މަޑުއްވަރީ ދާއިރާ: ނަސްރުﷲ ހުސައިން
  13. ހިތާދޫ ދާއިރާ: އާޔަތުﷲ ހުސައިން
  14. ކެންދޫ ދާއިރާ: މައުރޫފް ޒާކިރު
  15. ނައިފަރު ދާއިރާ: އަހުމަދު ޔާސިރު
  16. ކާށިދޫ ދާއިރާ: އަބްދުﷲ ޖާބިރު
  17. މަހިބަދޫ ދާއިރާ: އަހުމަދު މުއާޒު އަބްދުﷲ ޖާބިރު
  18. ކެޔޮދޫ ދާއިރާ: މުހައްމަދު ނިއުޝާދު
  19. ބިލެތްދޫ ދާއިރާ: އަހުމަދު ހަލީމު
  20. ކުޑަހުވަދޫ ދާއިރާ: ހަމްޒަތު ދޮން މަނިކު
  21. ވިލުފުށި ދާއިރާ: އާދަމް މުހައްމަދު
  22. ކިނބިދޫ ދާއިރާ: މުހައްމަދު ނާޝިޒު
  23. އިސްދޫ ދާއިރާ: އަހުމަދު ޝުހާދު
  24. މާވަށު ދާއިރާ: އަހުމަދު ޝާކިރު
  25. ވިލިނގިލި ދާއިރާ: ސައުދު ހުސައިން
  26. ތިނަދޫ ދެކުނު ދާއިރާ: ޒިފްލީން ހަސަން
  27. މަޑަވެލި ދާއިރާ: އިބްރާހީމް ނާފިޒު
  28. ފުވައްމުލައް ދެކުނު ދާއިރާ: ނަޒްރާ ނަސީމް
  29. ހުޅުދޫ ދާއިރާ: ސާމިއު އަންވަރު
  30. މަރަދޫ ދާއިރާ: އަހުމަދު ދީދީ
  31. ހިތަދޫ މެދު ދާއިރާ: މުހައްމަދު ޝުއާއު
  32. މީދޫ ދާއިރާ: މުހައްމަދު ޞަބްރީ
  33. ފޭދޫ އުތުރު ދާއިރާ: އަހުމަދު ޝަރީފް
  34. މަތިވެރި ދާއިރާ: އަހުމަދު އަސްލަމް
  35. ތޮއްޑޫ ދާއިރާ: ހުސައިން ސަމީރު
  36. ހުޅުމާލެ ދެކުނު ދާއިރާ: އަހުމަދު ޝަމްހީދު
  37. ވިލިމާލެ ދާއިރާ: އަބްދުލް މަޖީދު މުޝައްރަފް އަބްދުލް ރައްޒާގު
  38. ހެންވޭރު ހުޅަނގު ދާއިރާ: އަހުމަދު ސަލީމް
  39. ހުޅުމާލެ މެދު ދާއިރާ: ސަފާތު އަހުމަދު ޒާހިރު
  40. ހުޅުމާލެ އުތުރު ދާއިރާ: މޫސާ އަލި މަނިކު

އިސްވެ ބުނެވިދިޔަ 40 ދާއިރާ ނޫން އެހެން ދާއިރާތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުންވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.  ޕްރައިމަރީގައި ވާދަކުރައްވާ ޓިކެޓް ކާމިޔާބު ނުކުރެއްވުނު ބޭފުޅުންގެ ތެރޭގައި މިހާރުގެ އިއްޒަތްތެރި މެންބަރުން ކަމުގައިވާ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ކެޔޮދޫ ދައިރާގެ އިއްޒަތްތެރި މެންބަރ ހުސައިން ގާސިމާއި މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ ރޮޒައިނާ އާދަމް ހިމެނި ވަޑައި ގަންނަވައެވެ. އެމްޑީޕީ މަޖލިސް ޕްރައިމަރީގައި ވޯޓު ލާފައިވަނީ 16،048 މީހުންނެވެ.