ޕަރފޯމަންސް މިނެކިރުމަށް ފަހު ގޮތްނިންމާ: ރައީސް

ދެކޮމަންޑޫ ވާހަކަ ދެން އިވޭނީ އެއް ކޮމަންޑޫ ގޮތުގައި: ރައީސް

ޕަރފޯމަންސް މިނެކިރުމަށް ފަހު ގޮތްނިންމާ: ރައީސް

ސަރުކާރުތަކުގެ ޕަރފޯމަންސް މިނެކިރުމަށް ފަހު ރިޔާސީ އިންތިޚާބުގައި ގޮތެއް ކަނޑައެޅުއްވުމަށް ރައީސް މިއަދު ކޮމަންޑޫ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންނެވީ ވަރަށް ސާބިތުވެ ހުންނަވައެވެ. އެ މަނިކުފާނުގެ ޕާފޯމަންސް ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދައްކަވާލެއްވުމަށް ލިބިވަޑައިގެން 3 އަހަރުގެ މަސައްކަތްޕުޅަށް އޭ ރިޕޯޓް ކޮމަންޑު ރައްޔިތުން ދެއެވެ. ކޮވިޑްގެ އާލަމީ ވަބާއިން އަރައިގަނެ ރާއްޖެ ހަމަ މަގަށް އެޅުއްވި ގޮތް ކޮމަންޑޫ ރައްޔިތުން  ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ. 

އެހެން ކަމުން ކޮމަންޑޫ ރައްޔިތުންނަށްޓަކައި މަތިކޮމަންޑޫގައި އަސާސީ ހިދުމަތްތައް ޤާއިމުކޮށް ދެއްވާނެ ކަމަށް ވިދާޅުވަމުން ރައީސް މިއަދު ވިދާޅުވީ ދެ ކޮމަންޑޫގެ ވާހަކަ ދެން އަޑު އިވޭނީ އެއް ކޮމަންޑޫގެ ގޮތުގައި ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ ވަރަށް އަވަހަށް ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އެގޮތުން އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރ މާދަމާ ހއ. އިހަވަންދުއަށް ދާނެ ކަމަށާއި އެ ރަށުގެ ބިން ހިއްކުމަށް ފަހު ދެން އަމާޒު ހިފާނީ ކޮމަންޑުއަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ކޮމަންޑޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައެވެ.

"ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅައިދޭނަން،" ރައީސް 

ރައީސް މިއަދު ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ކޮމަންޑޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަށްވާނެކަމަށް ވެސް ވިދާޅުވިއެވެ. ކުޑަފަރުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.