ނަޝީދު ވަކިކުރަން 44 މެންބަރުން ސޮއިކޮށްފި

ނަޝީދު ވަކިކުރަން 44 މެންބަރުން ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސް ކުރިތާ އިރުކޮޅެއްގެ ތެރޭގައި ނޯކޮންފިޑެންސް މޯޝަނުގައި 44 މެންބަރުން ސޮއިކޮށްފިއެވެ. މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން 43 މެންބަރުންގެ ވޯޓު ބޭނުން ވެއެވެ. މަޖިލީހުގެ ރައީސް ވަކި ކުރަން ހުށަހަޅަނީ ކިތައް މެންބަރުންގެ ސޮޔާއެކު ކަމެއް އަދި ކަށަވަރެއް ނުވެއެވެ. 

ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އެ މަނިކުފާނު އެ މަގާމުން ވަކިކުރަން ބޭނުންފުޅުވާ އެއްވެސް މެންބަރަކު މަޖިލީހުގައި ނެތް ކަމަށެވެ. 

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތައްޔާރު ވަމުން ދާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމަށް 50 މެންބަރުންގެ ސޮޔާއެކު މީގެކުރިން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.