ދެކެމުން މިދާ އުފަލާ ތަރައްގީ ގެނެސްދެނީ ރައީސް ސޯލިހު : އިމްރާން

ސަލާމަތް ބުއްދިހުރެ އަނިޔާވެރިކަމަށް ދާކަށްނޭދޭނެ: ޑރ. އިޔާޒް

ދެކެމުން މިދާ އުފަލާ ތަރައްގީ ގެނެސްދެނީ ރައީސް ސޯލިހު : އިމްރާން

ރާއްޖެ ދެކެމުން މިދާ ހުރިހާ އުފަލަކާއި ހުރިހާ ތަރައްގީއަކާއި ކުރިއެރުމެއް ގެނެސްދެނީ ރައީސް ސޯލިހުގެ ކޯލިޝަންގައި އެންމެން އެކުވެ ބައިވެރިވެގެން މިއަދާ ހަމައަށް ތިބުމުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން ރޭގައި ވަނީ ވިދާޅުވެފައެވެ.

ށ. އަތޮޅުން ކޯލިޝަންގެ ސަޕޯޓަރުން ދައްކަމުންދާ ފޯރި ރާއްޖޭގެ އެހެން ރަށްރަށުން ކުރިއަށް އޮތް 60 ދުވަހުގައި ދައްކުވައިފި ނަމަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ރައީސް ސޯލިހު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ރޭއޮތް ޖަލްސާގައި ވިދާޅުވިއެވެ.

ހަމަ އެއާއިއެކު އަލުން ކުރީގެ ނާމާން ދުވަސްތައް އައުމަކަށް ބުއްދި ސަލާމަތުންހުރި އެކަކުވެސް ނޭނދޭނެ ކަމަށް ޑރ. މުހައްމަދު އިޔާޒު ވެސް ރޭގައި ވިދާޅުވިއެވެ. ޑރ. އިޔާޒު މިހެން ވިދާޅުވީ ފޯކައިދޫގައި ރައީސް ސޯލިހު ދެއްކެވި ވާހަތަކަށް ތާއީދު ކުރައްވައި ކުރެއްވި ޓުވީޓުގައެވެ.

ރައީސް ސޯލިހު ވެސް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުން އުޅުނު ގޮތާއި މިހާރާއި އަޅާ ކިޔުއްވާފައެވެ. އޭރު އޮތް ނާމާން ދުވަސްތަކަށް އަލުން ދާން އެދޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށް ރައީސް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅު ތަކަށް ތާއީދު ކުރައްވާ ޑރ.ި އިޔާޒު ވިދާޅުވީ، މީގެ ކުރިން ރާއްޖެ ދުށް އަނިޔާވެރި ނާމަން ދުވަސްތަކަށް އަލުން ދާން ހަމަބުއްދި ހުރި އެއްވެސް މީހަކު ބޭނުން ނުވާނެކަމަށެވެ. 

 ޝައިހު އިމްރާނާއި އުސްތާޒު އަލީ ޒާހިރާއި ޑރ. އިޔާޒާއި ޝައިހު އަލީ ޒައިދާއި ޝައިހު އިލްޔާސް ފަދަ ބެބޭފުޅުން ރައީސް ސޯލިހުގެ ސުލްހަވެރި އަމާން އޮމަން އޯގާތެރި ވެރިކަން ދެމެހެއްޓުމަށް ފުޅާދާއިރާއެއްގައި ތާއީދުކޮށް މަސައްކަތްކުރައްވައެވެ.