އުފާވެރި އަމާން ރާއްޖެ- ރިޔާސީ ކެމްޕެއިން ފޯކައިދޫގައި
ރައީސް ސޯލިހުގެ ވެރިކަމުގެ ބައެއް ކާމިޔާބީ ތަކަށް ކުރުގޮތަކަށް ބައްލަވާލެއްވި
"އުފާވެރި އަމާން ރާއްޖެ" ރިޔާސީ ކެމްޕެއިން ފޯކައިދޫގައި ރައީސް ސޯލިހު ފައްޓަވައި ދެއްވައިފިއެވެ. ފޯކައިދޫގައި ރިޔާސީ ކެންޕެއިން ފެއްޓެވުމުގެ ގޮތުން މުހިންމު ކަންތައް ތަކެއްގެ މައްޗަށް ރައީސް އަލި އަޅުއްވާލެއްވިއެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ބައެއް ކާމިޔާބީ ތަކަށް ކުރުގޮތަކަށް ރައީސް އެ ޖަލްސާގައި ބައްލަވާލެއްވިއެވެ.
ރައީސް ވިދާޅުވި ކަންކަމުގެ ތެރޭގައި:-
- ރާއްޖޭގައި އޮތް ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ ކޯލިޝަން ދެމެހެއްޓެވުނު ކަމެވެ. ރައްޔިތުން އިންތިހާބު ކުރި ފަސް އަހަރުގެ ވެރިކަމުގައި ރައްޔިތުން 2018 ގައި ނިންމި ގޮތަށް ކޯލިޝަން ދެމެހެއްޓެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
- ރައީސް ސޯލިހުގެ ވެރިކަމުގައި ސިޔާސީ ލީޑަރުން މިނިވަން ކަމާ އެކުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އޮތް ކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
- މަޖިލީހަށް ސިފައިން ވަދެ ނުހުއްޓުވާ ކަމަށާއި ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނާއި ފޮރިން މިނިސްޓަރު ޝާހިދު ފަދަ އެތައް ބޭފުޅުންނެއް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލިހުގެ މެމްބަރުންތަކެއް މަޖިލިހަށް ވެންނެވުމަށް ވަޑައިގަތުމުން ހިފައި ހައްޔަރުކޮށް އެ މެމްބަރުންނާ ދެކޮޅަށް ދައުވާ ކުރެއްވި ނަމަވެސް އެފަދަ ކަމެއް މިވެރިކަމުގައި ހިނގަފައި ނުވާކަން ފަހަގަ ކުރެއްވިއެވެ.
- ރައީސް ސޯލިހުގެ ވެރިކަމުގައި ނޫސްވެރިންގެ ގަލަމުގައި ދޯރި ޖަހާން ނުޖެހޭ ކަމަށާއި ޓީވީ ޗެނަލްތައް ބަންދު ކުރަން އަންގަވާ އެއްވެސް ޗެނަލެއް ޖޫރިމަނާކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
- ރާއްޖޭގެ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި އަސާސީ ހިދުމަތްތައް ލިބެމުންދާ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރަށްރަށުގައި ފެނާއި ނަރުދަމާ އާއި ބަނދަރާއި މަގުތަކާއި ޓާޝަރީ ހޮސްޕިޓަލާއި މި ނޫން ވެސް ގިނަ ކަންކަން ހިނގަމުން އަންނަ ކަން ފާހަގަކުރެއްވިއެވެ.
- ސާވިސް ޗާޖާއި މިނިމަމް ވޭޖް ކަށަވަރުކޮށް ދެވިފައިވާ ކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
- އައްޑޫ ސިޓީ އަށް އާ ބަދަލުތަކެއް އަންނަ އިރު، ތިލަދުންމައްޗަށް އާ ދިރުމެއް އަންނަ ކަން ފާހަގަ ކުރެއްވިއެވެ.
- މާލޭގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމަށް ރަނގަޅު ހެޔޮ ބަދަލެއް އަންނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނަޝީދު، މަޖިލިހުގެ ޖަލްސާތައް ގަވައިދާ ހިލާފަށް ކުރިއަށް ގެންދަވައި މުޅި މަޖިލިހުގެ ނިޒާމު ހިފެހެއްޓެވުމުގެ ބަދަލުގައި މަޖިލިހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް ވާގިވެރިވަމުންދާ ކަމަށް ވެސް އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައިވެއެވެ.
ނަޝީދު ވަކިކުރަން ހުށަހެޅި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކުރާ އެއް ތުހުމަތަކީ މަޖިލިހުގެ މެމްބަރުންނައި އިންޒާރު ދެއްވައި ފުރައްސާރަ ކުރެއްވުމެވެ.