ޕީޖީ ޝަމީމު ވެސް ކޮސްގޮވާތަ؟
ޒަމާން އޮތްބަޅަށް ޝަމީމު ވެސް ބަޅުވެގެން ހުންނަވާ!
ރަސްދޫ ބުލީ ގެ ދުވަސްވަރު ޕީޖީ ޝަމީމުގެ ބަހެއްވެސް އެބައިވެއެވެ. އަހަރުމެން ކުޑައިރުވެސް ކުށްކުރެވިފައި ހުންނާނެ އޭ، އެއީ ދެން އެވަރު ކަމެއް ނޫނޭ ޝަމީމު ވިދާޅުވާ ފަދައެވެ.
އެހެން ވިއްޔާ ޝަމީމު ކުޑައިރު ނިސްބަތްވެގެން އުޅުނު ގޭންގް ތަކަކީ ކޮބައިބާވައެވެ؟ ޝަމީމު ކުޑައިރު ކިތައް ކިލޯ މަސްތުވާތަކެތި ޓްރެފިކް ކޮށްދީ ކިހާވަރަކަށް މަސްތަށް ދެވިހިފި ބާވައެވެ. ކިތައް މީހުން އަތުން ޝަމީމު ކުޑައިރު ފޭރުނު ހަނދާނެއް ވޭބާވައެވެ. ނޫނީ ކުޑައިރު ކުރެވުނު ކުށުގެ ގޮތުގައި ޝަމީމު ކިތައް މީހުން މަރާލުމުގައި ބައިވެރިވެ މީހުންގެ ގަޔަށް ކިތައް ފަހަރު ވަޅިޖެހި ބާވައެވެ؟
މިކިޔަނީ މިހާރުގެ ކުޑަކުދިންނަށް ކުޑައިރު ކުރެވޭ ކުއްތަކުގެ ވާހަކައެވެ.
ޕީޖީ ޝަމީމު އަރިހު ދަންނަވަމެވެ. މިއީ ޝަމީމު ކުޑައިރުގެ ދުނިޔެއެއް ނޫނެވެ. ދުނިޔޭގެ ގަައުމު ތަކުން ވެސް ކަންކުރަނީ މިހެންނޭ ޝަމީމު އެބަވިދާޅުވެއެވެ. ތިޔަ ބުނާ ދުނިޔެއެއްގައި އޮތް ރަނގަޅު ގައުމަކީ ކޮބަައިހެއްޔެވެ؟ ގާޒާގަައި އިންސާނުން އެތިބަ ވީދާ ނޮޅަނީ ތިޔަބުނާ ދުނިޔެ އޯކޭ ވެގެންނެވެ. އަންހެނެއް ކުޑަކުއްޖެއް މުސްކުޅިއެއް ނުބަލާ އެ ހިންގާ ޖަރީމާތަކަށް ހިނިގަޅަމުން މާތަހުޒީބު ބައެއް ކަމަށް ދައުވާ ކުރާ ދުނިޔެއިން މިސާލު ނުނަގާށެވެ.
އެންމެ ނުލަފައީ ތަންތަނުގެ ވެރިންނަށް ބޮޑެތި މަގާމު ތަކުގައި ކޯޓްފަޓްލޫނުގައި އެތިބަ މީހުންނެވެ. ފޭރާ ދަތާ ވަކިތަކާ ކެހެރި ފަޅާފައި ހުރީ ހަންގަނޑުގެ ދަށުން ހަށިގަނޑުގެ އެތެރެ ފުށަށޭ ހިތަށް އަރާ ވެރިން ތަކެކެވެ. ރާއްޖޭގައި ނަމަ ޝަމީމުމެން މުއިއްޒުމެން ކަަހަލަ އިއްޒަތްތެރި ވެރިންނެވެ.
ވެރިންގައި ނެތް ކަމެއް ރައްޔިތުންނާ މުޖުތަމައަކުން ނުފެންނާނެއެވެ. މައިންބަފައިން ނުބައިވީމާ ދަރިންވާން އޮންނާނީ ކޮންރަނގަޅެއް ހެއްޔެވެ.
ކުޑައިރު ކުރެވޭ ކުށޭ ދުނިޔޭގެ ގައުމުތަކޭ ވިދާޅުނުވެ ޒަމާން އޮތްބަޅަށް ޝަމީމު ވެސް ބަޅުވެގެން ހުންނަވާށެވެ.