އިންޑިއާ ޑޮކްޓަރުންނާ ނަރުހުންނާ ޓީޗަރުން އައުޓް!

އިންޑިއާ އައުޓޭ ކިޔައިގެން އަޑުއުފުލަމުން ވެރިކަމަށް އަންނަން އުޅެނީ ޑްރަގް އޭޖެންޓުން

އިންޑިއާ ޑޮކްޓަރުންނާ ނަރުހުންނާ ޓީޗަރުން އައުޓް!

ރާއްޖެ ވަށާ އިންޑިއާ ކަނޑުގައި އުޅޭ ކަނޑުފޭރޭ މީހުންނާ ހަތިޔާރާ ޑްރަގް ޓްރެފިކް ކުރާ ބޮޑެތި ނެޓްވޯރކް ތަކަށް ފާރަލަނީ އިންޑިއާގެ ސަރަހައްދު ބަލަހައްޓާ މަނަވަރު ތަކާ ޑޯނިއާ މަތިންދާ ބޯޓް ފަހަރާ ހެލިކޮޕްޓަރު ތަކުންނެވެ. މިކަމުގައި ސްރީލަންކާ އާ ދިވެހިރާއްޖެއަށް ކުރާ ފައިދާ ބޮޑެވެ. ކަނޑުމަތީގެ ޖަރީމާތަކުން ސަރަހައްދީ އިން ހިމާޔަތްވެ ފާރަވެރިވެވި އަދި ހާލުގައި ޖެހޭ އުޅަނދު ފަހަރާ މީހުން ސަލާމަތްކޮށް ބަލި މީހުން އެއްތަނުން އަނެއް ތަނަށް އިމަރޖެންސީގައި އުފުލާ ފުރާނަ ސަލާމަތް ކޮށްދެވެއެވެ. 

މިއީ ކުރިން ބުނި ހަތިޔާރާ ޑްރަގް އުފުލާ މުޖުރިމުންނަށް ހުރި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އިންޑިއާ ދެކެ އެ މީހުންނާ އެ މީހުންގެ އައުވާނޫން އިންތިހާއަށް ނަފްރަތު ކުރެއެވެ. އެ މީހުން ބޭނުންވަނީ އިންޑިއާ އިސްވެ އޮވެ ހިންގާ މި އޮޕަރޭޝަން ހުއްޓުވާ އެ މީހުން ހިތުހުރި ގޮތަކަށް މި ސަރަހައްދުގެ ގައުމު ތަކަކީ އެ މީހުންގެ ކުށުގެ ހާއްޔެއް ކަމުގައި ހަދާށެވެ. 

އިންޑިއާ ސިފައިންނޭ، އިންޑިއާ އައުޓޭ ކިޔައިގެން އަޑުއުފުލާ ވެރިކަމަށް އަންނަން އެ އުޅެނީ އެ މީހުންގެ އޭޖެންޓުންނެވެ. ތިޔަހާ އިންޑިއާ ދެކެ ރުޅި އަންނަންޏާ މި ރާއްޖޭގައި ތިބި އިންޑިއާ ޓީޗަރުންނާ ޑޮކްޓަރުންނާ ނަރުހުން ވެސް މި ގައުމުން ބާލަންވާނެ ތާއެވެ. ޓީޗަރުން އެ ތިބީ ޅަދަރިންގެ ސިކުނޑިތައް ހަރާބު ކުރާށޭ ބުނެ އެ މީހުން ވާނީ ބޭރު ކުރަންތާއެވެ. އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުން ހުރިހާ ދިވެހިން މަރާ ހުސްކުރަން ކިޔަންވީތާއެވެ. 

ނޫނެކެވެ. މި މީހުން ރުޅި އަންނަނީ އެ މީހުންގެ ނުރައްކާތެރި ޑްރަގް ވިޔަފާރި ތަކަށް އިންޑިއާ ހުރަސް އަޅާތީއެވެ.