ޔަހުދީންނާއި އަލައްބާރާ ދެކޮޅުހެދުން ކުށަކަށް ހަދަނީ
ރަސްމާލޭން ޔަހޫދީންނަށް ތަންތަން ގަނެވޭގޮތް ހަދަނީ!
ވަކި ދީނެއްގެ ނުވަތަ ވަކި ގައުމެއްގެ މީހުންނާ ދެކޮޅަށް ހިޔާލުފާޅުކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ދިނުމަށް އީގަލް ހިލްސްއިން އެދިއްޖެކަމަށް މައުލޫމަތު ލިބެއެވެ. ގާނޫނަކުން އެކަން ކަށަވަރުވެގެން ނޫނީ ރަސްމާލޭގައި ހިންގަން އެއްވެފައިވާ ޕްރޮޖެކްޓް ހިންގުމާ މެދު ދެވަނަ ވިސްނުމަކަށް އީގަލް ހިލްސްއިން ދާންޖެހިދާނެ ކަމަށްވެއެވެ.
ރަސްމާލެގައި ތަރައްގީކުރާ މެގަ ޕްރޮޖެކްޓުން ތަންތަން ގަތުން ވަކި ދީނެއްގެ ނުވަތަ ވަކިގައުމެއްގެ މީހަކަށްވީތީ މަނާވާ ގޮތަށް ގާނޫނު ހެދުމާވެސް އީގަލް ހިލްސް ދެކޮޅެވެ. ވަކިގައުމެއްގެ މީހަކަށްވެގެން ނުވަތަ ވަކިދިނެއްގެ މީހަކަން ވެގެން ރަސްމާލޭގައި ހަދާތަންނުގަނެވޭ ގޮތަށް އޮތުމަކީ އީގަލް ހިލްސްގެ ވިޔާފަރިއަށް ލިބެނެ ބޮޑުގެއްލުމެކެވެ.
އީގަލް ހިލްސްގެ ދެ ކަންބޮޑުވުންވެސް ވަނީ ޔާހޫދީންނާއި އިޒުރޭލާ ގުޅިފައެވެ. އިންސާނީ ހައްގުގެ ނަމުގައި ހުއްޓުވަން އެއުޅެނީ ޔަހޫދީންނާއި ޒަޔަނިސްޓުންނާ ދެކޮޅު ހިޔާލުފާޅުކުރުމެވެ. ކުށެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ.
ރަސްމާލެއިން ޔަހޫދީންނާއި ޒަޔަނިސްޓުންނަށް ތަންތަން ނުގަނެވޭ ގޮތަށް އަލައްބާރު ރަސްމާލެ ތަރައްގީއެއް ނުކުރާނެއެވެ. އަލައްބާރާއި ޒަޔަނިސްޓުންނާ ދެކޮޅަށް އިއްވޭ އަޑު ކަނޑުވާލުމަށް ރައްޔިތުންގެ މައްޗަށް ހިންގުމަށް ގާނޫނު ހަދާ ކުއްވެރިކޮށް ޖަލަށްލާ ނިޒާމުން ގެއްލުވާލައިގެންވެސް އަލައްބާރު ބޭނުން ވާނެއެވެ. އެގޮތަށް މަޖިލީހުން ގާނޫނެއް ފާސްނުކުރާހާ ހިނދަކު ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދާނެއެވެ.
ރައީސް މުއިއްޒު އެހުރީ އަލަށްބާރު އެދޭގޮތަށް ގާނޫނު ހަދަން ދިމާކޮށްފައެވެ. ރައްޔިތުން ނިކުމެ މުއިއްޒު ހުއްޓުވަން ޖެހެއެވެ.




