ރަށްވެހިކަން ވިއްކާ ޔޫއޭއީ އޮތީ ހުރިހާ ދީނަކަށް ހުޅުވާލާފާ

އަމިއްލަ ގައުމުން އެހެން ދިީންތަކަށް ޖާގަދިން ބަޔަކަށް އޮންނާނީ ކޮން ރާއްޖެއެއް

ރަށްވެހިކަން ވިއްކާ ޔޫއޭއީ އޮތީ ހުރިހާ ދީނަކަށް ހުޅުވާލާފާ

އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުން އަރަބި އިމާރާތް މިނިވަންވުމުން، އަބޫދާބީގެ އޭރުގެ ވެރިޔާ ޝައިޚް ޒާއިދު ބިން ސުލްޠާން އަލް ނަޙްޔާން އަދި ދުބައީގެ ވެރިޔާ ޝައިޚް ރާޝިދު ބިން ސައީދު އަލް މަކުތޫމް އިސްނަންގަވައިގެން އަމީރުންގެ އިއްތިޙާދެއް  އުފެއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ.

2 ޑިސެމްބަރު 1971 ގައި ފުރަތަމަ މި އިއްތިޙާދު އިއުލާން ކުރިއެވެ. އިގިރޭސިންގެ ދުވަސްވަރު ހުޅުވި ފައްޅި ނޫން އެހެން ފައްޅިއެއް އޭރަކު އެތާކު ނުހުރެއެވެ. މިއަދު މަންޒަރު މުޅިން ބަދަލުވެ ހުރިހާ ދީން ތަކުގެ މީހުން އަޅުކަންކަން ކުރާގޮތައް އެތަންވަނީ ހުޅުވާލެވިފައެވެ.

އަރަބިކަރައިން މުޝްރިކުން ނެރެ ބޭރުކުރުމަށް ރަސޫލާ ހަދީސްކުރައްވާފައި ވާކަމަށް ސައްހަ ސަނަދުން އިލްމުވެރިން ބަޔާންކޮށްފައި އެބަހުއްޓެވެ. މާތް ރަސޫލާގެ އިރުޝާދަށް ގޮންޖަހާ އަރަބި ކަރައިގެ ފުރަތަމަ ބުދު ފައްޅި އެޅިބަޔަކު ދުނިޔެ އެދިގެން ފައިސާއަށްޓަކާ ކޮއްފައި ނުކުރާނީ ކޮންކަމެއް ހެއްޔެވެ. އެވަރުގެ ބަޔެއްގައި އަހަރެމެންނަށް އޮންނާނީ ކޮންލޯތްބެއް ހެއްޔެވެ.

ޔަހޫދީން އަޅުކަން ކުރާތަނެއް އެންމެ ޒަމާނީ ފެންވަރުގައި މިހާރު އެ ވަނީ ހުޅިވާފައެވެ. އެކަން ކޮށްފައިވަނީ އަލައްބާރު ގެ ކޮންޓްރޯލް އޮތް ސަރަހައްދެއްގައެވެ. އެނާގެ ފުރިހަމަ އެހީތެރިކަމުގައެވެ. ތިމާގެ އަމިއްލަ ފަސްގަނޑު މުޝްރިކުންނަށް ތަންމިނަށް ހޫޅުވާލަދިން މީހަކު ރާއްޖޭގައި އެކަން ނުކޮށް ހުންނާނެ ހެއްޔެވެ. ފައިސާއަށްޓަކާ އަލަށްބާރު ނުކުރާނެ އެއްކަމެއްވެސް ނުއޮންނާނެއެވެ.

އަބޫދާބީގައި ހިލައިން ކަނޑައިނަގައިގެން ހެދި ފުރަތަމަ އަދި އެންމެ ބޮޑު ހިންދޫ ފައްޅި 14 ފެބްރުއަރީ 2024 ގައި ވަނީ ހުޅިވާފައެވެ. ދީން އިބްރާހީމީގެ ނަމުގަ އައު ދީނެއް އުފައްދާ އެދީނަށް އަޅުކަން ކުރެވޭގޮތް ދުބާއީގައި މިހާރު ވަނީ ހުޅުވާފައެވެ. ޔޫއޭއީގެ އަދުގެ ހާލަތަކީ މިއީއެވެ.

ދުނިޔޭގެ އެންމެ އުސް ބުރުޖު ހަލީފާއި ރަމްޒުކޮށް ދައްކާދެނީ ދެއްކުންތެރިކަމާއި ބޮޑާކަމެވެ. އެއްވެސް ހުރަހެއް ފުރޭނުމެއްނެތި ދުނިޔެއަށް އެކުވެރި އަރަބި އިމާރާތް ހުޅުވިފައި އޮތް ކަމެވެ. ބޭރަށް ފެންނަހެން މުލައްމާކޮށްފައިވާ ގަދަ އޮފާ ރީތި ކަމުގެ އަޑީގައި ވަނީ ލެއްވިހާ މުޑުދާރު ކަމަކާއި ޖަރީމާއާއި ފަސާދައާއި ކިބުރުވެރިކަމާއި އަނދިރިކަމެވެ.

އާނއެކެވެ. ދުބާއީ އަކީ ވެސް ބިދޭސީން ރައްވެހި ވުމަށް ހުޅުވާލި ތަނެކެވެ. މިއަދު ދުބާއީގެ ހާލަތާއި މެދު ދުބާއީ ރައްޔިތުން ދެރަވެއެވެ. ހިތާމަ ކުރެއެވެ. ދުބާއީން މިއަދު އަރަތްބަކު ވަރަށް މަދުން ނޫނީ ނުފެންނާނެއެވެ. އަރަބިން ވާހަކަ ދައްކާ މީހަކު ނޫޅޭނެއެވެ. ދުނިޔޭގަ ލެއްވި ހުރިހާ ނުބައި ފަސާދަ އެތަނުގަ އެބަހިގައެވެ. ބޭނުން ދީނަކަށް އަޅުކަން ކުރުމުގެ ފުރުސަތު ވަނީ ތަންމިނަށް ހުޅުވާލާފައެވެ.