ވަގުތީ އެސްޖީއެއްގެ އަތުން އިދާރީ ބާރުތައް ނަގަން އެމްޑީޕީން އަންގައިފި
ހުޅުދޫ ކައުންސިލުން ރައްޔިތުންނަށް ހިދުމަތްދެވޭނެ ގޮތުގެ ލަފާ ދިނުން
ގާނޫނާއި ގަވައިދު ނަގަހައްޓައި ހިފަހައްޓާ ހެޔޮވެރިކަމުގެ އުސޫލުތަކާއި ހަމަތައް ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިއްމު ބައެއްކަމުގެ ލަފައެއް ހުޅުދޫ ކައުންސިލަށް އެމްޑީޕީން ދީފިއެވެ. އައްޑު އަތޮޅު ހުޅުދޫ ރަށު ކައުންސިލަކީ އެކައުންސިލްގެ ރައީސާއެކު އެމްޑީޕީގެ ހަތަރު ކައުންސިލަރުން ހިމެނޭ ކައުންސިލެކެވެ.
އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތު އޮތް ހުޅުދޫ ކައުންސިލަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން ލަފާދޭންޖެހުނީ ހުޅުދޫ ކައުންސިލްގެ ތެރޭގައި އުފެދިގެން އުޅޭ ނުތަނަވަސް ކަންތައްތަކަކާއި ގުޅިގެން އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެމްޑީޕީއާއި ހިއްސާކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހުޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކޮށްދިނުމުގެ ގޮތުން އެ މައްސަލަތައްބަލާ ހައްލު ހޮދާ ދިނުމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމެޓީން ޓާސްފޯސް ކޮމިޓީއެއް އުފައްދާ އެކަންކަން ވަނީ ވަރަށް ރަނގަޅަށް ދެނެގެންފައެވެ.
ޓާސްފޯސްގެ މަސައްކަތަށް ފަހު ފާހަގަ ކުރެވުނު ކަންކަމާގުޅިގެން ލަފާދީފައިވަނީ ކައުންސިލްގެ ރައީސް އެކޭ އެއްފަދައިން ހުޅުދޫ ކައުންސިލްއަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ކައުންސިލަރުންގެ ޤާނޫނީ ވާޖިބުތަކާއި ޒިމްމާތައް އަދާކޮށް ރައްޔިތުންނަށް ހިދުމަތްދިނުމަށް ކައުންސިލަރުންނަށް ކުރިމަތިކޮށްފައިވާ ދަތިތަކާއި އުނދަގޫތަށް ނައްތާލުމަށެވެ. އެގޮތުން ކައުންސިލަރުންނާއި ޑަބުލިޔޫޑީސީ މެންބަރުންނަށް ރައްޔިތުންނަށް ހިދުމަތްކުރުން ފަސޭހަކޮށްދީ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކަާ ކުރަންޖެހޭ ކަންތައްތަކެއް ފާހަގަކޮށް އެކަންކަން ކުރުމަށް ވަނީ ލަފާދީފައެވެ.
ހުޅުދޫ ކައުންސިލުން ކުރުމަށް އެމްޑީޕީން ލަފާދީފައިވާ ކަންކަމަކީ:-
1- މިހާރުހުރި ވަގުތީ އެސްޖީ ގެކިބައިން އިދާރީހިންގުމުގެ އެންމެމަތީ ބާރުތައްނަގައި، ދާއިމީ އެސްޖީއެއް ހަމަޖެހެންދެން ކައުންސިލް މެންބަރުންގެ ރުހުމާއެކު، މިހާރުތިއްބެވި އިސްމުވައްޒަފުންގެ ތެރެއިން ޒިންމާދާރު ވެރިއަކު ކަނޑައަޅައި އިދާރީ ހިންގުމުގެ އެންމެމަތީ އެންމެހައި ބާރުތައް އެފަރާތާޙަވާލުކުރުން.
2- ކައުންސިލުގެ ޖަލްސާތަކަށް އެޖެންޑާކުރުމަށް ކައުންސިލަރުން ހުށަހަޅާ މައްސަލަތަކާއި ކަންތައް، އެކަންތައްތަކާމެދު ކައުންސިލްގެ ރައީސް އާއި އެއިރެއްގައި ހުންނަ ޒިމްމާދާރުވެރިޔާ ނުރުހުނަސް އެމައްސަލަތައް ގަވައިދުން އެޖެންޑާކޮށް ގޮތްނިންމެވުމުގެ ފުރުޞަތު ކައުންސިލްގެ އަގުލަބިއްޔަތަށް ދޫކޮށްލުމާއި ކައުންސިލް އަގުލަބިއްޔަތުން ފާސްކުރާކަންތައްތައް ތަންފީޒުކުރަމުން ގެންދާކަމުގެ ޔަގީންކަން ކައުންސިލަރުންނާއި ޑަބުލިޔޫޑީސީ މެންބަރުނަނަށް ފާޅުކަން ބޮޑުކޮށް ހާމަކޮށް ފެންނާން ބޭއްވުން.
3- ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާއި ލިބޭސިޓީތަާއި ލިއުންތައް އަދި ނިންމާނިންމުންތަކާއި ދެވޭޖަވާބުތަކާއި ކަންހިގާނުހިގާގޮތް ބެލުމުގެފުރުސަތު ކައުންސިލްގެ ރައީސާ އެއްފަދައިން އިންތިހާބީ އެހެން ކައުންސިލަރުންނަށް ވެސް ލިބިފައި އޮންނާނެ ގޮތުގެމަތީން ޖެމްސްގެ އެކްސަސް ކައުނސިލަރުންނަށް ހަމަޖައްސައިދީ އިދާރީހިންގުން އިންތިޒާމްކުރުން .
4- ޑަބުލިޔޫޑީސީ އަށް ކަނޑައަޅާފައި އޮންނަ ބަޖެޓުން ޑަބްލިޔޫޑީސީ އިން ކުރާކަންތައްތަކަށް ފައިސާ ދައްކައިދީ މަސައްކަތްކުރިއަށް ގެންދެވޭނެ ގޮތް އިންތިޒާމްކޮށްދިނުމާއި ފަސޭހަކޮށްދީ އެގޮތަށް ކަންހިގާކަން މެންބަރުންނަށް ޔަގީންކޮށްދީ ދެމެހެއްޓުން.
5- ކައުންސިލާއި ކައުންސިލްށުގައިވާ ފައިސާއާއި މުދަލާއި ( އިންވެންޓްރީގައި ހިމަނާފައިވާ މުދަލާއި ނުހިމަނާހުންނަމުދާ ވެސް ހިމެނޭގޮތަށް ) ތަކެތިން ހިންގާ އެންމެހައި މުއާމަލާތްތައް ގާނޫނާއި ގަވައިދާ އެއްގޮތަށް ކައުންސިލުން ފާސްކޮށްގެން ކައުންސިލް މެންބަރުންނަށް ސާފުކޮށް އެގެން އޮންނާނެ ގޮތަށް އެކަންކަން ހިންގުން.
6- ކައުންސިލްގެ ރައީސް އެކޭ އެއްފަދައިން ކައުންސިލަރުންނަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ބަޔަކަށްވާ ހިނދު، އިދާރީ މުވައްޒަފުންގެ ފަރާތުން ކައުންސިލަރުންނަށް އިޙުތިރާމުކުރުމާއި މަސައްކަތުގައި އެހީތެރިކަމާއި ފަސޭހަކަން ފޯރުކޮށްދީ އެކަންކަން އެމަގުން ކުރިއަށްދާކަން ޔަޤީން ވެގެންދިއުން.




